ބޫޓާނުގެ ތިމްފޫގައި ކުރިއަށްދިޔަ 16 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި ރާއްޖެއަށް ރެކޯޑު ކާމިޔާބީތަކެއް ހޯދައިދިން ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޓީމަށް މަރުހަބާ ދެންނެވީ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް އާމިރާއި އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސް އަޙްމަދު އިސްމާއީލާއި އެސޯސިއޭޝަންގެ އިސް ބޭފުޅުންނެވެ.
ކޯޗު އަބްދުލްހަސީބް ހުސައިންގެ އިރުޝާދުގެ ދަށުން ވާދަކުރި މި މުބާރާތުން ރާއްޖެއިން ޖުމްލަ 3 މެޑަލް ހޯދިއެވެ.
މެޑަލް ހޯދި އެތުލީޓުން:
-
ރަން މެޑަލް: އަޒްނީން ރަޝާދު (މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 167 ސީއެމް)
-
ރިހި މެޑަލް: އަހްމަދު ނައީމް (މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 170 ސީއެމް)
-
ރިހި މެޑަލް: އަލީ މަބްރޫކް ލަތީފް (މެންސް އެތުލެޓިކް ފިޒީކް އަޕް ޓު 175 ސީއެމް)
މީގެ އިތުރުން އަހްމަދު ރިޒާން ނިޒާރާއި، އިބްރާހިމް ސިވާހް އަދި އިނާޒް ޔޫސުފް ވަނީ އެކި ކެޓެގެރީތަކުން 4 ވަނަ ހާސިލްކޮށް، ރާއްޖެއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައެވެ.
State Minister Ibrahim Amir welcomed the Maldives National Bodybuilding Team upon their return from the 16th South Asian Bodybuilding and Physique Sports Championship 2026, held in Thimphu, Kingdom of Bhutan, from 30 June to 5 July 2026.
The Maldivian team delivered an… pic.twitter.com/dvxUEpIMAt
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) July 10, 2026


