ތިން ކުންފުންޏެއްގެ ބޯޑަށް އައްޔަންކުރި މެންބަރުން -- ފޮޓޯ: ޕީސީބީ

ދައުލަތުގެ ތިން ކުންފުންޏެއްގެ ބޯޑަށް ޕީސީބީއިން މެމްބަރުން އައްޔަންކޮށްފި

ދައުލަތުގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މެމްބަރުން އައްޔަންކޮށްފިއެވެ.

ޕީސީބީން މެމްބަރުން އައްޔަންކުރި ތިން ކުންފުންޏަކީ މިފްކޯ، އެމްއެފްއެމްސީ އަދި ބީސީސީއެވެ. އެގޮތުން މިފްކޯގެ ބޯޑު މެމްބަރުކަމަށް ސ. ފޭދޫ ފާތިމަތު އާޒިޔާ ފަތުހީ، އެމްއެފްއެމްސީގެ ބޯޑަށް ހއ. ތަކަންދޫ ހުސައިން އަބްދުލްވާހިދު އަދި ބީސީސީގެ ބޯޑު މެމްބަރުކަމަށް ސ. ހިތަދޫ އީނާސް ނަސީރު ވަނީ އައްޔަންކުރައްވާފައެވެ.

ޕީސީބީން މި ބޯޑުތަކަށް މެމްބަރުން އައްޔަންކޮށްފައި މިވަނީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގައި، އެ މަސައްކަތް ތިން މަސް ތެރޭ ނިންމުމަށް އަލުން ކުންފުނިތަކަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރު ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތް ކުރަމުންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ