ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފެށުން، ފޮޓޯ: ޕޯސްޓް އޮފީސް

ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީހުގެ ޚިދުމަތްތައް ބަންޑާރަމަގު، ސީނާ ބިލްޑިންގގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފިއެވެ.

މޯލްޑިވްސް ޕޯސްޓުން ހާމަކުރި ގޮތުގައި، އަލަށް ތަޢާރަފުކުރި ޕިކްޕޯސްޓު ޚިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށް ކިއުގައި މަޑުކުރަން ނުޖެހި، މެސެޖުގައިވާ ވަގުތުތަކުގެ ތެރެއިން ކަސްޓަމަރުންނަށް ފަސޭހަ ކޮންމެ ވަގުތަކު ޕާރުސަލް ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރަށް ޕޯސްޓު ކުރުމުގެ ޚިދުމަތްވެސް ކުރިއެކޭެއެކު ކުރިއަށްދާނެއެވެ.

ހަމައެއާއެކު، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ޚާއްޞަ "ރަށު އޮންލައިން ފިހާރަ" މެދުވެރިކޮށް ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި، އެ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރަށް ރައްދުކޮށްދިނުމުގެ ޚިދުމަތް ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ މި ބަދަލުތަކުގެ ސަބަބުން އެ އޮތޯރިޓީގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާވެ، ޚިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ކުރިއަށްދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ