ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފެށުން، ފޮޓޯ: މިފްކޯ

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި

ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

އެ ސަރަޙައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިތައް ހައްލުކުރުމަށްޓަކައި މިފްކޯއިން ކަނޑުއޮތްގިރީގައި ތަރައްޤީކޮށްފައިވަނީ ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓެކެވެ. މީގެއިތުރުން، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ދުވާލަކު 3 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ހިކިމަސް ކާރުޚާނާއެއްވެސް މިމަހު ވަނީ ހުޅުވާފައެވެ. މި ކާރުޚާނާއިން ރޯމަސް ކަނޑައި، ކައްކައި، ދިލަޖައްސައި އަދި ޕެކްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މިފްކޯގެ އަމާޒަކީ މުސްތަޤުބަލުގައި އިތުރު ވަސީލަތްތަކާއެކު ކަނޑުއޮތްގިރީގެ ޚިދުމަތްތައް މިއަށްވުރެ ފުޅާކުރުމެވެ. މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން އައިސް ޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރު ހުރި 9,500 މެޓްރިކް ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ އަމާޒުގައި މިހާރުވެސް 4 ރަށެއްގައި އެފަދަ ތަންތަން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ