ރައީސް މުޢިއްޒު ކެބިނެޓް ގެ ޖަލްސާއެއްގައި

އދ.ގެ ޤަރާރާ އެއްގޮތަށް، ޣައްޒާއަށް ކުރިމަތިކުރާ ހުރިހާ ޢަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށް ރައީސް ގޮވާލައްވައިފި

އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭގޮތުން އިއްޔެ ނެރުއްވި ގަރާރުގެ މައްޗަށް ބިނާކޮށް ހުރިހާ ޢަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް. މި ނިންމެވުން ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން މި ސަބަބުތަކަށްޓަކައި އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ނެރުއްވި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރާއްޖެއިން ވަނީ ބާރުއަޅުއްވާފައި ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ