މިޅެމަކީ 28 ޖޫން 1999 (ހޯމަ)ގައި މަނަދޫ "ހާމަ" ބޯޓް މާލެއިން މަނަދުއަށް ކުރިދަތުރުގައި ބޯޓް ފެތުނު ހާދިސާއާއި ގުޅިގެން ހެދިފައިވާ ޅެމެކެވެ.
މިފަހަރު މިޅެން މިގެނެސްދެނީ އެދަތުރުގައި ބައިވެރިވި އޭރު އަދި ނުހިނގޭ އެހެނަސް މިހާރު ބޮޑެތިވެ ދަލިންލިބިފައި ތިބި ކުދިންނަށް އެކުދިން ހަނދާން ނުހުންނާނެ މި ނުރައްކާތެރި
ހާދިސާ ސިފަކޮށްދިނުމަށެވެ. މިޅެމުގައި އެވާ "ރަންދެލި"މިނަމަކީ އޭރު ނ އަތޮޅުގެ އަތޮޅުވެރިޔާ ރަށްރަށަށް ދަތުރުކުރައްވާ ޔޮޓް ދޯންޏަށް ކިޔާނަމެވެ.
* * * * * *
ފަތިހާފުފުރީ މާލޭން ރަށަށް ތިބެ "ހާމަ" މަދޫ ބޯޓުގާ
ގަތިފާވި ދަތުރެއް ރީތިކޮށް ނިންމާލުމުގެ އުންމީދުގާ
ޖޫނުން އަށާވީސް ހޯމަ ނުވަދިހަނުވަޔަކުން ގުނިއައިއެރޭ
މޫދުންނަގިލި ނެގުމާއެކީ ނުކުތީފަޅުން ދަށް ލޯޑްގާ
އުތުހުންޖެހޭ މަޑުރޯޅިޔާއެކުގައި އެހެންނަމަވެސް މަޑުން
އުތުރަށް ބަނޑޮސްމާގަލުގެވެސް ދިއުމުންއެރީ އިރުއެދުހުގާ
ނިދިފައި ބައެއްމީހުންތިބީ ރޭގަނޑުގެ ވަރުބަލިކަމުތެރޭ
ހިނދިފައި އެކީ ހުވަފެންތަކަށް ދުނިޔޭގެ ހަސްތީން ބޭރުގާ
އަލިކަން އިރުގެ އުދަވީހިނދުން ހުރިދުވެލި ބޯޓުގެ ބާރުކޮށް
ބަލިރާޅު ކަނޑުގެ ކަފާލަމުން ދުވެފައިއައީ ހުރި ބާރުގާ
މާހަލުގެ ބައްތި ބަލާހަދައި ހެނދުނުގެ ސައިން ނިމުމަށްފަހުން
މާހައުލު ރީތިކަމާއެކީ ބުރިކަށި ދަމާލީ ނިދުމުގާ
ހުންގާނު ޑިއުޓީ ބަދަލުކޮށް އާ ކައްޕިއެއް ލެފިހުއްޓަކަސް
ދުއްވާއައީ ބަދަލެއްނުކޮށް ފުރަތަމަ އެއައި މިސްރާބުގާ
ޢަބްދުއްޝުކޫރުގެ ކައްޕިކަމުގައި އޮޑި މިހާރުމިދުއްވެނީ
ޢަބްދުއްޝުކޫރުގެ ތަޖްރިބާ އެނގުނީ ފަހުންނޭ މިކަމުގާ
ޢަބްދުއްޝުކޫރުގެ ކުޑަކަމާއެކުވެސް އެހެންމީހަކު އެހީ
ޢަބްދުއްޝުކޫރަށް ނުލިބުނަސް އޭނައެ ހުރީ ހުންގާނުގާ
މާހަލު ކަޑިންމަ ތެރޭ އެވާ ގިރިއެއްގެވާހަކަ އެކަކުވެސް
މާބޮޑުކަމެއް ކަމުގައިހަދާ ނުކިޔައެ އެވަގުތަކު ބޯޓުގާ
(ނުނިމޭ)
2 ޑިސެމްބަރު 2023
عبدالعزيز قاسم، ލިލީ ނ.މަނަދޫ


