ސިސިލީގެ އައްސޭރީގައި އޮންނަ ކުޑަކުޑަ ޖަޒީރާއަކުން އެތަނަށް ބޭނުންވާ ވަަރަށް ވުރެ ބަކަރި ގިނަވެގެން 600 ބަކަރި ހަދިޔާ ކުރަން ފަށައިފިއެވެ.
އެސަހަރުގެ ލޯކަލް މޭޔަރު ރިކާޑޯ ގުލޯ "ސްކައި ނިއުސް"އަށް ވިދާޅުވީ ބަކަރިތައް ގިނަވެގެން އެ ސަހަރުގެ މީހުންގެ ގެތަކަށް ވަދެ ހެދުމާއި، ދަނޑުބިންތަކަށް ގެއްލުން ދިނުން އިތުރުވަމުންދާތީ، ބޭނުންވާ ފަރާތްތަކަށް 600 ބަކަރި ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިސްޓަރ ގުލޯ ވިދާޅުވީ، ބަކަރިތައް ގިނަވެގެން މިކަން ފެށިގެން އައީ، މަދު ބަކަރިތަކެއް، ބަކަރިކޮށިތަކުން ދޫޥެ، ފިލައިގެން ގޮސް، އެހެން ތަންތަނުގައި ވިހައި އާންމުންގެ ތެރެއަަށް ދޫވުމުގެ ސަބަބުން ކަމުގައެވެ.
"އެކަން ބޮޑު މައްސަލައަކަށްވެއްޖެ، ބޭނުން ވަރަށްވުރެ އިތުރުވެއްޖެ. ހަސަތޭކަ ބަކަރި ގުނާފައި ވާނެ، މި ޖަޒީރާއަކީ ހަގީގަތުގައި ކުޑަ ޖަޒީރާއެއް، އެހެންވީމަ އެއީ ހަގީގަތުގައި މާ ގިނަ ބަކަރި." އޭނާ ވިދާޅުވިއެވެ.
ބަގީޗާތަކަށް ވަދެ ގެއްލުންތައް ދޭތީ، ބަކަރިތަކުގައި ރޯކޮށްލާ މަންޒަރު ފެންނަ ތަސްވީރުތަކެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.
އިޓަލީގެ އެއޯލިއަން ޖަޒީރާއަށް ފެތުރިގެންދިޔަ އެ އަލިފާންގަނޑުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުމުން އެ ބަކަރިތައް ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅަން ޖެހުނު ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"ބައެއް ބަކަރިތަކަކީ ރީތި އަދި ވަރުގަދަ ބަކަރިތަކެއް. ބައެއް މީހުން ބިރުގަނޭ. ބިރުގަންނަނީ އެމީހުންގެ ގެއަށް ވަދެދާނެތީ،" މިސްޓަރ ގުލޯ ވިދާޅުވިއެވެ.


