ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވުމާ ގުޅިގެން ފަރުވާ ދެނީ

ވިލިމާލޭގައި ހިނގި މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވުމާ ގުޅިގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހަވީރު 15:12 ހާއިރުކަމަށެވެ.

ވިލިމާލެ، ކަނދޮޅުމާގޯޅީގަައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މި މާރާމާރީގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވެފައިވަނީ އުމުރުން 18 އަހަރު، 22 އަހަރު، 27 އަހަރު އަދި 31 އަހަރުގެ ދިވެހި 4 ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ