ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް . / ފޮޓޯ: މޯލްޑިވްސް ނެޝަނަލް ފުޓްބޯލް ޓީމް ފޭސްބުކް ޕޭޖް

ޤައުމީ ޓީމަށް ކުޅުންތެރިން ނެގީ ހަ ކްލަބުން

2027 ވަނަ އަހަރު ސައުދި އަރަބިއްޔާގައި ބާއްވާ އޭއެފްސީ އޭސިއަންކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގައި އީސްޓް ޓިމޯއާ ބައްދަލުކުރާ މެޗަށް ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ކުޅުންތެރިން ނެގީ 6 ކްލަބަކުންނެވެ. އޭގެ ތެރޭގައި މި މެއި މަހު ބޭއްވި އެފްއޭއެމް ލީގުކަޕްގައި ކުޅުނު ޓީމުތަކުގެ ތެރެއިން ހިމެނުނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްްރިއޭޝަން ، އޮޑި ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.  ދެން ހިމެނުނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއިންނެވެ.

މިފަހަރުވެސް ޤައުމީ ޓީމުގައި އެންމެ ގިނައިން ހިމެނުނީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ޓީމުން 13 ކުޅުންތެރިން ހިމެނެއެވެ. އެއީ ސަމޫހު އަލީ (ސަމުއްޓެ) ، ހުސެއިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ނަޒީމް (ޗޯޓު)، ހަސަން ޝިފާޒް (ޑުންގާ)، ނާއިޒް ހަސަން (ދާދު)، އިޔާން އަބްދުލް އަލީމް ، ހަމްޒާ މުހައްމަދު (ހަމްޕު)، ހައިޝަމް ހަސަން ، އަހުމަދު އައިހަމް، ހުސެން ޝަރީފް ، އަލީ ފާސިރު (ސެންޓޭ)، އައިސަމް އިބްރާހިމް، މުހައްމަދު އިރުފާން (އިރޭ)އެވެ. ދެން އެންމެ ގިނައިން ހިމެނުނީ އޮޑި ސްޕޯޓްސްގެ ކުޅުންތެރިންނެވެ. އެ ޓީމުން 5 ކުޅުންތެރިން ހިމެނެއެވެ. އެއީ އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ނިހާން (ނިހާޓް)، މުޒްދާން ހަސަން، އަހުމަދު އައިހަމް (އައިހު)، ހައިސަމް ރަޝީދު (ހައި)އެވެ.

ބުރު ސްޕޯޓްސް އިން މުހައްމަދު ނާއިމް، އިބްރާހިމް އުސާމާ ހަސަން މަޖީދު ހިމެނުނު އިރު ، ވިކްޓަރީ ، ޓީސީ އަދި އީގަލްސްއިން ހިމެނީ އެންމެ ކުޅުންތެރިޔެކެވެ. ވިކްޓަރީއިން މުޙައްމަދު ޔާމީން ، ޓީސީން ޙަސަން އިނާޒް އަދި އީގަލްސްއިން އަޙްމަދު ރިޒްވާން ( ރީޒޭ ) އެވެ.

މިފަހަރު އަލަށް ސްކޮޑްގައި ހިމެނުނީ އޮޑި ސްޕޯޓްސްގެ އައިހަމް އާއި ހައިޝަމް ރަޝީދު އަދި ޓީސީގެ ޙަސަން އިނާޒްއެވެ. 10 ޖޫންގައި  ކޮލިފައިން ބުރުގައި އީސްޓް ޓިމޯއާ ބައްދަލުކުރާ މެޗުގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޓީމް މި އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ސިންގަޕޫރާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅޭނެއެވެ.

އޭއެފްސީ އޭސިއަންކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގައި ދިވެހިރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ޕިލިޕީންސް ، ތަޖަކިސްތާން އަދި އީސްޓް ޓީމޯއެވެ. ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ ޕިލިޕީންސް އަތުން 4 ލަނޑު 1 ލަނޑުން ބަލިވެފައެވެ. އޭސިއަންކަޕަށް ކޮލިފައި ވާނީ ގްރޫޕްގެ އެއްވަނަ އަށް ދާ ޓީމެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ