ސިންގަޕޫރުގެ ފޯވާޑް އާއި ރާއްޖެ ޓީމުގެ ޑިފެންޑަރ ނޫމާން

ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

ބައިނަލް އަޤްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގައި މިއަދު ރާއްޖެ ބަލިވީ ސިންގަޕޫރު އަތުން 3 ލަނޑު 1 ލަނޑުންނެވެ. ސިންގަޕޫރުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ސިންގަޕޫރުގެ 3 ގޯލު ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން ފުރަތަމަ ގޯލު 7 ވަނަ މިނެޓްގައި ޖެހިއިރު ދެވަނަ ގޯލު ޖެހީ 20 ވަނަ މިނެޓްގައެވެ. އެ ޓީމުގެ ފަހު ގޯލު ޖެހީ 32 ވަނަ މިނެޓްގައެވެ. ސިންގަޕޫރުން ޖެހި 3 ގޯލުވެސް ޖެހީ ރާއްޖެ އޭރިޔާ ތެރެއަށް ހުރަސް ކުރި ބޯޅައިން ބޮލުން ޖެހި ގޯލުތަކެކެވެ. ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ރާއްޖެއިން އެޓޭކު ރަނގަޅު ކުރިއެވެ. ނަމަވެސް ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުން އަޙްމަދު ރިޒްވާން ( ރިޒޭ )އެވެ. މި މެޗުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ފަހަރަށް އަހްމަދު އައިހަމް ( އައިހު ) ފެނިގެން ދިޔައެވެ.

މި މެޗަކީ މި މަހުގެ 10 ގައި އޮންނަ އޭސިއަންކަޕް ކޮލިފައިންގ އަށް ތައްޔާރުވުމުގެ ގޮތުން ދެ ޓީމު ކުޅުނު މެޗެކެވެ. މި މަހު 10 ވަނަ ދުވަހު އީސްޓް ޓިމޯއާ ދެކޮޅަށް ރާއްޖެ ކުޅޭއިރު ހަމަ އެދުވަހު ސިންގަޕޫރު ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ