2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕަށް އޭސިއާގެ އުޒްބެކިސްތާނާއި އުރުދުން ކޮލިފައިވީ އެ ދެ ޓީމު ހިމެނޭ ގްރޫޕްގެ ދެވަނަ ޔަޤީންކޮށްގެންނެވެ.
ވޯލްޑްކަޕް ކޮލިފައިންގައި އޭސިޔާ ކޮލިފައިން ތިން ވަނަ ބުރުގައި އުޒްބެކިތާން އިއްޔެ ޔޫއޭއީ އާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ ، އެޓީމަށް 9 މެޗުން 18 ޕޮއިންޓް ލިބިފައިވެއެވެ. އުޒްބެކިސްތާން ހިމެނެނީ އޭސިޔާ ކޮލިފައިން ތިން ވަނަ ބުރުގެ ގްރޫޕް އޭގައެވެ. މި ގްރޫޕުން އީރާން މިހާރުވެސް ވަނީ ކްލިފައިވެފައެވެ. ކޮންމެ ޓީމަކަށް ދެން ބާކީ އޮތީ އެންމެ މެޗެކެވެ. މިއީ 1991 ވަނަ އަހަރު މިނިވަންކަން ލިބުނު އުޒްބެކިސްތާން ފީފާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.
އުރުދުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވީ އިއްޔެ 3-0 އިން އޮމާން ބަލިކޮށް ، އޭސިޔާ ކޮލިފައިން ތިން ވަނަ ބުރުގެ ގްރޫޕް ބީ ގެ ދެވަނަ ހޯދައިގެންނެވެ. މި ގްރޫޕްގެ ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތް އިރު ، ގްރޫޕްގެ އެއްވަނާއިގައި ދެކުނު ކޮރެއާ އޮތީ 19 ޕޮއިންޓާ އެކުއެވެ. އުރުދުންނަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. ދެން އެންމެ ކައިރިން ވާދަކުރާ އިރާޤަށް ލިބިފައިވަނީ 12 ޕޮއިންޓްކަމުން ދެން އެ ޓީމު ކުޅޭ މެޗުން މޮޅުވިޔަސް އުރުދުންނަށް ވުރެއް ކުރި ނުހޯދޭނެވެ.
ދެން ހިމެނޭ ގްރޫޕްގެ 1 ވަނަ ހޯދައިގެން ޖަޕާން މިހާރުވެސް ވަނީ ފީފާ ވޯލްޑްކަޕަށް ޖާގަ ހޯދާފައެވެ. ދެން މި ގްރޫޕްގެ ދެ ވަނަ ހޯދައިގެން ވޯލްޑްކަޕްގެ ޖާގައެއް ހޯދަން ވާދަކުރަނީ އޮސްޓްރޭލިއާ އާއި ސައޫދީ ޢަރަބިއްޔާއެވެ.


