ފްރާންސްގެ އެމްބާޕޭ އާއި ސްޕެއިންގެ ޔަމާލް

ޕޯޗްގަލް އާ ދެކޮޅަށް ފައިނަލްގައި ކުޅޭ ޓީމަކަށް ސްޕެއިން

ޔޫރަޕިއަން ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ސްޕެއިން ހޮވުނީ ރޭގައި ކުޅުނު ސެމީފައިނަލް މެޗުގައި 5-4 އިން ފްރާންސް ބަލިކޮށްގެންނެވެ.

ޖަރުމަންގެ ސްޓުޓްގާޓްގެ އެމްއެޗްޕީ އެރީނާގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ 4 ގޯލު ޖެހީ ސްޕެއިންއެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައި ނިކޯ ވިލިއަމްސް އާއި މިކެލް މެރީނޯއެވެ. ފަހުހާފުގައި ސްޕެއިންގެ ތިން ވަނަ ގޯލު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ލަމީނޭ ޔަމާލެވެ. އެ ލަނޑު ޖެހިތާ މިނެޓެއް ފަހުން ސްޕެއިންގެ 4 ވަނަ ގޯލު ޖެހީ ޕެޑްރީއެވެ. ސްޕެއިން 4 ގޯލު ޖެހިފަހުން މެޗުގެ 59 ވަނަ މިނެޓްގައި ފްރާންސް އަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އޭޓީމުގެ ސުން ކަނޑުވާލަ ދިނެވެ. ފްރާންސުން ގޯލު ޖަހާފައި ގިނައިރުތަކެއް ނުވެ ޔަމާލް ގޯލެއް ޖަހާ ސްޕެއިންގެ ސްކޯރ 5 އަށް ބަދަލުކޮށްލިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނު މި މެޗުގައި ދެން ފެނުނީ ފްރާންސްގެ 3 ލަނޑެވެ. އެގޮތުން ފްރާންސްގެ ދެވަނަ ގޯލު ޖެހީ ރަޔާން ޝާކީއެވެ. އެ ޓީމުގެ 3 ވަނަ ގޯލަކީ ސްޕެއިންގެ ޑިފެންޑަރ ޑެނިއަލް ވިވިއަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްރާންސް ގެ ހަތަރު ވަނީ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތު ކަލޫ މުއާނީއެވެ.

ނޭޝަން ލީގުގެ ފައިނަލް ކުޅޭނީ ޖޫން 8 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ