ޢަލީ ސުޒައިން

ބަލިވުމާއެކު ކޯޗް ސުޒައިން އިސްތިއުފާ ދީފި

ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ޢަލީ ސުޒައިން އިސްތިއުފާ ދިނީ ،2027 ވަނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ އޭސިއަންކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގައި އީސްޓް ޓިމޯއާ ބައްދަލުކުރި މެޗުން އިއްޔެ ރާއްޖެ ބަލިވުމާ ގުޅިގެންންނެވެ. ސުޒައިންގެ ކޯޗުކަމުގައި ރާއްޖެ އެންމެ ފަހުން ކުޅުނު 5 މެޗުންވެސް ވަނީ ބަލިވެފައެވެ. ސުޒައިން ވަނީ އިއްޔެ ރާއްޖެ ޓީމުން ދެއްކި ދަށް ކުޅުމުގެ ޒިންމާ ނަގާކަމަށްވެސް ބުނެފައެވެ.

އިއްޔެ އޮސްޓްރޭލިއާގެ ޑާވިންގައި އީސްޓް ޓިމޯއާ ބައްދަލުކުރި މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން ފެނުނީ ފަރުވާކުޑަ ދަށް ކުޅުމެކެވެ. އެހާ ޚިލާފަށް ދުނިޔޭގެ ރޭންކިންގ ގެ 197 ވަނައިގައި އޮތް އީސްޓް ޓީމޯގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. އެގޮތުން އެޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ހޯދިއެވެ. އެކަމަކު އެޓީމަށް ޖެހުނު ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމުގެ ޖާއޯ ޕެޑްރޯއެވެ. ފަހު ހާފުގައި ވެސް އެޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުޞަތުތަކެއް ލިބި ބޭކާރުވިއެވެ.

ރާއްޖެއަށް ވެސް ލަނޑު ޖަހަން މަދު ފުރުޞަތުތަކެއް ލިބި ބޭކާރު ވެގެންދިޔައެވެ.

މި ގްރޫޕްގައި ހިމެނޭ އަނެއް ޓީމުކަމަށްވާ ޕިލިޕީންސް އާއި ތަޖަކިންސްތާން ބައްދަލުކުރި މެޗު ވަނީ ދެ ޓީމު 2 ލަނޑު 2 ލަނޑުން އެއްވަރުވެފައެވެ. މި ގްރޫޕްގައި ރާއްޖެ ދެން ކުޅޭނީ އޮކްޓޯބަރ 9 ގައި ތަޖަކިސްތާނާ ބައްދަލުކުރާ މެޗެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ޢިސްތިއުފާ ބަލާނުގަންނަން ކަލެއައްކުރިހަރަދޭންޖެހޭނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ