އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕަށް ބްރެޒިލް ކޮލިފައިވީ ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި އަންގާރަ ދުވަހު ޕެރަގުއޭ 1-0 އިން ބަލިކޮށްގެންނެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑްކަޕަކަށް ކޮލިފައިވި ހަމައެކަނި ޤައުމު ބްރެޒިލްގެ ސައުޕޯލޯގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގައި ވިނީޝިއަސް އެވެ. މިއީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވެ ކާލޯ އެންޗެލޮޓީ އެޓީމު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި އިކުއެޑޯ އާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވީއެވެ. 1932 ވަނަ އަހަރު ފެށި ފީފާ ވޯލްޑްކަޕް 5 ފަހަރު ހޯދި އެންމެ ކާމިޔާބު ޓީމަކީވެސް ބްރެޒިލްއެވެ. ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ގްރޫޕްގައި ދެން ކޮންމެ ޓީމަކަށް އޮތީ ބާކީ ދެމެޗެވެ. ބްރެޒިލް ވަނީ ކުޅުނު 16 މެޗުން 25 ޕޮއިންޓް ހޯދާފައެވެ.
އަންނަ އަހަރު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އޮންނަ ފީފާ ވޯލްޑްކަޕަށް ސައުތު އެމެރިކާ ސަރަހައްދުން ގްރޫޕްގެ އެއްވަނައިގެ ޓީމުގެ ގޮތުގައި އާޖެންޓީނާ ވަނީ ކޮލިފައިވެފައެވެ. އަދި އިކުއެޑޯވެސް ވަނީ ކޮލިފައިވެފައެވެ.


