ފަހު ވަގުތު ގޯލު ޖަހައިގެން އިންޓަ މޮޅު ވެއްޖެ

އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބު ވޯލްޑްކަޕްގައި ވެލެންޓިން ކާބޮނީ ފަހު ވަގުތު ޖެހި ގޯލާއި އެކު 2-1 އިން މޮޅުވެ އިންޓަމިލާނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ރޭގައި ޖަޕާންގެ އުރަވާ ރެޑް ޑައިމަންޑްސް އާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓްގައި އެޓީމުން ގޯލެއް ޖަހާ ލީޑު ނެގިއެވެ. މި ހާފުގައި އިންޓަމިލާނުން ގިނަ ހަމަލާތަކެއް އުފައްދާފައިވިޔަސް މި ހަމަލާތައް ވީ ނާކާމިޔާބުއެވެ. ދެ ވަނަ ހާފު ފަށައިގެން ގިނަ ހަމަލާތަކެއް އިންޓަމިލާނުން އުފެއްދިއެވެ. ނަމަވެސް އެ ޓީމަށް ގޯލެއް ޖެހުނީ 78 ވަނަ މިނެޓްގައެވެ. މި ގޯލު ޖަހައިދިނީ އެޓީމުގެ ކެޕްޓަން ލައުޓާރޯ މާޓިނެޒްއެވެ. އިންޓަ މޮޅުވި ގޯލު ޖެހީ 90 މިނެޓް ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ 4 މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައެވެ.

މި ގްރޫޕްގައި ރިވަރޕްލެޓް އާއި މޮންޓެއްރޭ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ގްރޫޕްގެ އެއް ވަނައިގައި ރިވަރޕްލެޓް އޮތީ 4 ޕޮއިންޓާއެކު ފައިދާ ގޯލުންނެވެ. އިންޓަ އަށްވެސް 4 ޕޮއިންޓް ލިބިފައިވާ އިރު ، މޮންޓެއްރޭ އަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ.

ގްރޫޕް އެފްގައި ޑޯޓްމަންޑް ރޭގައި ކުޅުނު މެޗުން މޮޅުވީ މަމެލޯޑި ސަންޑައުންސް އާ ދެކޮޅަށް ކުޅެ 4-3 އިންނެވެ. މި މެޗުގައި ޑޯޓްމަންޑާ އަލަށް ގުޅުނު ޖޯބެ ބެލިންހަމް ވަނީ އެޓީމަށް ގޯލު ޖަހައިދީފައެވެ. މި ގްރޫޕްގައި ބްރެޒިލްގެ ފްލުމިނެންސް ވަނީ ސައުތުކޮރެއާގެ އުލްސަން 4-2 އިން ބަލިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ