ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމްކަޕް ވޮލީބޯޅަ މުބާރާތް 2025ގެ ފިރިހެން ޑިވިޝަންގެ މިއަދު ފަށާނެއެވެ. މި އަހަރު މުބާރާތުގައި ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އެޗްޑީސީ އާއި ރަނައަޕް ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް ، ސްޕޯޓްސް ކްލަބް ސިޓީ ، ދަ ސަދަން ސްޕޯޓްސް ކްލަބް ، ހުރާ ކޮމިއުނިޓީ ކްލަބް ، ބްލޫސް ފޯރ ވޮލީބޯލް އަދި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ޖޫން 25 އިން ޖުލައި 2 ވަނަ ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓްގައި ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު ފަހު 3:00 ގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މިއަދު ކުޅޭ ދެވަނަ މެޗުގައި ހަވީރު 5:00 ގައި ބައްދަލު ކުރާނީ ކްލަބް އެޗްޑީސީ އާއި ބްލޫސް ފޯރ ވޮލީބޯލްއެވެ. އަދި މިރޭ 8:30 ގައި ކުޅޭ މެޗްގައި ބައްދަލު ކުރާނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ހުރާ ކޮމިއުނިޓީ ކްލަބެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ވީއޭއެމް ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބް ޗެނަލްއިން ލައިވް ކުރުމަށް ހަމަޖެހިފައިވެއެވެ.


