އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑްކަޕްގައި ޖަރުމަން ފުޓްބޯޅައިގެ ގަދަބާރު ބަޔާން މިއުނިކް 1-0 އިން ބަލިކޮށް ގްރޫޕް ސީގެ އެއްވަނަ ޕޯޗުގަލްގެ ބެންފީކާ ހޯދައިފިއެވެ. ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 13 ވަނަ މިނެޓްގައި ބެންފީކާގެ އެންޑްރިއަސް ޝެލްޑެރަޕްއެވެ. މުޅި މެޗު ކޮންޓްރޯލުކޮށްގެން ނުރައްކާތެރި ގިނަ ހަމަލާތައް ފޮނުވާލީ ބަޔާނުންނެވެ. ނަމަވެސް ބެންފީކާގެ ގޯލު ކީޕަރ ޔޫކްރޭންގެ އެނެޓޮލީ ޓްރުބިން ވަނީ ގިނަ ހަމަލާތައް ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މި ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި އޮކަލޭންޑް ސިޓީ ވަނީ ބޮކާ ޖޫނިއަސް އާ ކުޅެ 1-1 އިން މެޗު އެއްވަރުކޮށްފައެވެ. މި ގްރޫޕްގެ އެއްވަނަ ބެންފީކާ ހޯދީ 7 ޕޮއިންޓް ހޯދައިގެންނެވެ. އަދި ބަޔާން އަށް ލިބުނީ 6 ޕޮއިންޓެވެ.
ގްރޫޕް ސީގައި ޗެލްސީ 3-0 އިން އެސްޕަރެންސް އަތުން މޮޅުވެ ދެވަނަ ބުރުން ވަނީ ޖާގަ ހޯދާފައެވެ. މި ގްރޫޕްގައި ފްލެމިންގޯ އާއި ލޮސްއެންޖެލެސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. މި ގްރޫޕްގައި 7 ޕޮއިންޓް ހޯދައިގެން ފްލެމިންގޯ އަށް އެއްވަނަ ލިބުނުއިރު ، ޗެލްސީއަށް ލިބުނީ 6 ޕޮއިންޓް ލިބިގެން ދެވަނައެވެ.
ދެވަނަ ބުރުގައި ޗެލްސީ ބައްދަލުކުރާނީ ބެންފީކާ އާއެވެ. އަދި ބަޔާން މިއުނިކް ބައްދަލުކުރާނީ ފްލެމިންގޯއާ އެވެ.


