ދެވަނަ ބުރުގައި ޔުވެންޓަސް އާއި ރެއާލް

އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅެން ޖެހިއްޖެއެވެ. މުބާރާތް ރޭވިފައިވާ ގޮތުން ގްރޫޕް ޖީ ގެ ދެވަނަ ބުރަށް ދާ ޓީމުތައް ދެވަނަ ބުރުގައި ޖެހޭނީ ގްރޫޕް އެޗްގެ ޓީމުތަކާއެކުއެވެ. ގްރޫޕް ޖީ ގެ ފަހު މެޗުގައި ޔުވެންޓަސް ވަނީ ރޭގައި މެންޗެސްޓަރ ސިޓީއާ ކުޅެ 5-2 އިން ބަލިވެފައެވެ. މެޗަށް ނިކުތްއިރުވެސް މި ދެ ޓީމުވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ޑޮކޫ ، ހާލަންޑް ، ފޯޑަން އަދި ސެވީނިއޯއެވެ. ސިޓީގެ އަނެއް ގޯލަކީ ޔުވެންޓަސްގެ ޑިފެންޑަރ ކަލޫލޫ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޔުވެންޓަސްގެ ގޯލުތައް ޖަހައިދިނީ ކޫޕްމެއިނަސް އާއި ވޮލަހޮވިޗްއެވެ. މި ނަތިޖާގެ ސަބަބުން ގްރޫޕްގެ އެއްވަނަ ސިޓީއަށް 9 ޕޮއިންޓާއެކު ލިބުނުއިރު ، 6 ޕޮއިންޓާ އެކު ޔުވެންޓަސްއަށް ލިބުނީ ދެވަނަ އެވެ.

މި ގްރޫޕްގައި އަލްއައިން ވަނީ ކަސަބުލަންކާ 2-1 އިން ބަލިކޮށް 3 ޕޮއިންޓް ހޯދާފައެވެ.

ގްރޫޕް އެޗްގެ ފަހު މެޗުތަކުގައި ރެއާލް މެޑްރިޑް ވަނީ ރެޑްބުލް ސަލްޒްބާގް 3-0 އިން ބަލިކޮށް 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ. ރެއާލް ގެ ގޯލުތައްޖަހައިދިނީ ވިނީސިއަސް އާއި ވަލްވަލޭޑް އާއި ގާސިއާއެވެ. މި ގްރޫޕުން ދެވަނަ އަށް ގޮސް ދެވަނަ ބުރުން ޖާގަ ހޯދީ ސައޫދީ ކްލަބް އަލްހިލާލްއެވެ. ހިލާލު ވަނީ ފަހު މެޗުގައި މެކްސިކޯ ކްލަބް ޕަޗުކާ 2-0 އިން ބަލިކޮށްފައެވެ. ހިލާލްގެ ގޯލުތަައް ޖެހީ ސަލީމް އައްދުސަރީ އާއި މާކޮސް ލިއަނާޑޯއެވެ.

ދެވަނަ ބުރުގައި ޔުވެންޓަސް އާއި ރެއާލް މެޑްރިޑް ބައްދަލުކުރާއިރު ، މެންޗެސްޓަރ ސިޓީ ކުޅޭނީ އަލްހިލާލުއާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ