މެސީގެ އިންޓަމިއާމީ ކަޓުވާލުމަށްފަހު ޕީއެސްޖީ ކްއާޓަރ އަށް

ފީފާ ކްލަބު ވޯލްޑްކަޕުގެ ކްއާޓަރ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދީ މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަމިއާމީ ބަލިކޮށްގެންނެވެ. ރޭގައި ކުޅުނު ދެވަނަ ބުރުގެ މެޗުގައި ޕީއެސްޖީއިން ވަނީ އިންޓަމިއާމީ ކޮޅަށް 4 ގޯލު ޖަހާފައެވެ. މުޅި މެޗު ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތަކެއް ދެމުން ދިޔަ ޕީއެސްޖީގެ ހަތަރު ގޯލުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. ޕީއެސްޖީ 4 ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޖާއޯ ނެވެސްއެވެ. ހަތަރު ވަނަ ގޯލު އަޝްރަފް ހަކީމީ ޖެހިއިރު ، އަނެއް ގޯލަކީ އިންޓަމިއާމީ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ފަހުހާފުގައި އިންޓަމިއާމީ އިން ވަނީ ގޯލެއް ޖެހޭތޯ ހަމަލާތަކެއް ފޮނުވާލާފައެވެ.

ޕީއެސްޖީ އާ ދެކޮޅަށް ކްއާޓަރ ފައިނަލްގައި ބައްދަލުކުރާނީ ރޭގައި ފްލެމިންގޯ 4-2 އިން ބަލި ކުރި ބަޔާން މިއުނިކެވެ. ކޭން ވަނީ ބަޔާނަށް މި މެޗުގައި ދެ ގޯލު ޖަހައިދީފައެވެ. ދެން ބަޔާނަށް ގޯލު ޖަހައިދިނީ ގޮރެޒްކާއެވެ. އަދި ބަޔާންގެ އަނެއް ގޯލަކީ ފްލެމިންގޯ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފްލެމިންގޯ އިން ގޯލު ޖެހީ ގާސަން އާއި ޖޯގީނިއޯއެވެ. ޖޯގީނިއޯ ޖެހި ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ފީފާ ކްލަބް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އިންޓަރމިލާން އާއި ފްލުމިނެންސް ބައްދަލުކުރާ މެޗު ކުޅޭއިރު ، ރާއްޖެ ގަޑިން އަންގާރަ ދުވަހު ހެނދުނު 6:00 ގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި އަލްހިލާލްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ