މާލޭގައި މިހާރު ކުރިޔަށްދާ ކާވާ ޗެމްޕިއަންސްލީގު 2025 ގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖޭގެ ދެ ޓީމުކަމަށްވާ ދިވެހި ސިފައިންގެ ކްލަބާއި ކްލަބް އެޗްޑީސީއަށް ގެއްލިއްޖެއެވެ. ކުޅުނު ތިން މެޗުން ސިފައިންގެ ކްލަބަށް ޕޮއިންޓެއް ލިބިފަައިވާ އިރު ، ކްލަބް އެޗްޑީސީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ތިން މެޗުން 9 ޕޮއިންޓް ލިބިގެން އެއްވަނައިގައި ކަޒަކިސްތާނުގެ ޒައިކް އޮތްއިރު ، 7 ޕޮއިންޓާއެކު ދެވަނަ ލިބެނީ ކިރިގިސްތާނުގެ ބިޝެކްއަށެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން ކަޒަކިސްތާނުގެ ޒައިކް ވީސީ ވަނީ ފަސޭހަކަމާއެކު ރާއްޖޭގެ އެޗްޑީސީ ސީދާ 3 ސެޓުން ބަލިކޮށްފައެވެ. އެ ޓީމުގެ ސެޓްތައް ގެންދިޔައީ 25-11 ، 25-22 އަދި 25-13 އިންނެވެ.
އަދި ރޭގައި ކުޅުނު މެޗުން ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ ވަނީ ސިފައިންގެ ކްލަބު 3 ސެޓް 1 ސެޓުން ބަލިކޮށްފައެވެ. ލަންކާ ޓީމު ފުރަތަމަ ދެ ސެޓް 25-20 އަދި 25-23 އިންނެވެ. މެޗުގެ ތިން ވަނަ ސެޓް ސިފައިންގެ ޓީމުން ގެންދިޔައީ 25-20 އިންނެވެ. މެޗުން ލަންކާ ޓީމު މޮޅުވި ސެޓް ގެންދިޔައީ 25-23 އިންނެވެ.
އިއްޔެ މެންދުރު ކުޅުނު މެޗު ވެގެން ދިޔައީ ފޯރިގަދަ މެޗަކަށެވެ. ހެލްޕު ނޭޕާލް ސްޕޯޓްސް ކްލަބާއި ކިރިގިސްތާނުގެ ބިޝެކް ކުޅުނު މެޗު ފޯރިގަދަ ކުޅުމަކަށްފަހު ބިޝެކް މެޗު ކާމިޔާބު ކުރީ 3 ސެޓް 2 ސެޓުންނެވެ. ބިޝެކްގެ ސެޓްތައް ގެންދިޔައީ 25-20 ، 25-20 އަދި 15-11 އިންނެވެ. ނޭޕާލް ޓީމުގެ ސެޓްތައް ގެންދިޔައީ 28-26 އަދި 25-17 އިންނެވެ.
ދެން މި މުބާރާތުގެ ކުޅުން އޮންނާނީ ހޯމަ ދުވަހުއެވެ.


