ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ބާ ޒޯންގެ ޗެމްޕިއަންކަން ޖޯލި ބިއިންގ ހޯދައިފިއެވެ. އިއްޔެ ހަވީރު އަމިއްލަ މޯލްޑިވްސް ރިސޯޓް ވޮލީކޯޓްގައި ކުޅުނު ފައިނަލް މެޗުގައި ޖޯލި ބިއިންގ މޮޅުވީ 3 ސެޓް 1 ސެޓުން ޖޯލި މޯލްޑިވްސް އާ ބައްދަލުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓް 25-18 އިން ފަސޭހަކަމާއެކު ޖޯލި މޯލްޑިވްސް ކާމިޔާބުކުރިއެވެ. ނަމަވެސް ހިއްވަރާއެކު ކުޅެ ފަހަތުން އަރާ އަނެއް 3 ސެޓް 25-23 ، 25-22 އަދި 25-20 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. މި ދެ ޓީމުގެ އިތުރުން ދެން މި ޒޯނުން ބައިވެރިވީ އަމިއްލަ މޯލްޑިވްސް އާއި މިލައިދޫއެވެ.
މުބާރާތުގެ ޑްރީމް ޓީމް
- ސަޢީދު މޫސާ ( ޖޯލި މޯލްޑިވްސް )
- އިޔާން ޢަލީ ( ޖޯލި ބިއިންގ )
- މަހޭޝް ( ޖޯލި ބިއިންގ )
- ސަނީހް އާދަމް ( ޖޯލި ބިއިންގ )
- އަކްރަމް ޢަބްދުﷲ ( ޖޯލި ބިއިންގ )
- ސަންޖު ( އަމިއްލަ މޯލްޑިވްސް )
- އިބްރާޙީމް ސަނީމް ( ޖޯލި މޯލްޑިވްސް )
- ލިބަރޯ އިބްރާހީމް ރަޝީދު ( ޖޯލި ބިއިންގ )
- އުއްމީދީ ކުޅުންތެރިޔާ ޙަސަން ޒަޢީމް ( ޖޯލި ބިއިންގ )
- ބެސްޓް ކޯޗް މުޙައްމަދު ޝަރަފް ( ޖޯލި ބިއިންގ )
- އެންމެ މޮޅު ކުޅުންތެރިޔާ މަހޭޝް ( ޖޯލި ބިއިންގ )


