21 އޮކްޓޫބަރު 2025
ރަޝިޔާގެ ރައީސް ޕުޓިންއާއި އެމެރިކާގެ އިންތިޚާބީ ރައީސް ޓްރަމްޕް، ފޮޓޯ: އޭޕީ

ޔޫކްރެއިންގެ މައްސަލައިގައި ޕުޓިން އަހަރެން ލަދުގަންނުވާލައިފި، އެކަމާ ހިތާމަކުރަން: ޓްރަމްޕް

ޔުކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ކަންތައް ކުރައްވާ ގޮތުން ވަރަށް ބޮޑު ލަދެއްގައި ބެދިފައިވާކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ ޔުކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ އޭނާ ލަދުގަންނުވާލާފައިވާ ކަމަށެވެ. މި ވާހަކަ ޓްރަމްޕް ބުނެފައިވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޓްރަމްޕް ބުނިގޮތުގައި އޭނާގެ އެންމެ ބޮޑު ހިތާމައަކީ ޔުކްރެއިންގެ ހަނގުރާމަ ނިންމާލެވިފައި ނުވުމެވެ. ނަމަވެސް ޕުޓިންގެ މައްޗަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ގޮތެއްގެ ތަފްސީލެއް ހާމަކޮށްފައެް ނުވެއެވެ.

"އަހަރެން ހިތަށްއެރީ އަހަރެންނާއި ރައީސް ޕުޓިންއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން މިއީ އެންމެ ފަސޭހައިން ހައްލުކުރެވޭނެ މައްސަލަ ކަމަށް. އެކަމަކު އޭނާ ވަނީ އަހަރެން ހިތާމަކުރުވާފައި،" ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓުވުމަށް ޕުޓިން އެއްމޭޒެއްގެ ދޮށަށް ގެނައުމަށްޓަކައި ހުޅަނގުގެ އެކުވެރިން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި މިދިޔަ އޯގަސްޓް މަހު އެލާސްކާގައި ޕުޓިންއާއެކު މަޝްވަރާތަކެއްވެސް ކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު