15 އޮކްޓޫބަރު 2025
ޖެނެރަލް ސެކެރެޓަރީ އިބްރާހީމް ޝާޒް އޮބްޒާރވާ ބޯޓުގައި ހިސޯރުނައްތާލުމަށް ކުރެވޭ މި މަސައްކަތުގައި ބައިވެރިވަނީ، ފޮޓޯ: އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ދިވެހި ދަރިޔަކު ކުރަމުންދާ ނުރައްކާތެރި ދަތުރު

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން މިވަގުތު ދަނީ ހައިހޫނުކަން ފިލުވައިދޭނެ އެހީގެ އަތްތަކަކަށް އެދި ރޮއެ ކަރުނަ އަޅަމުންނެވެ. އަނިޔާވެރި ހަމަލާތަކުން ފުރާނަ ސަލާމަތްކޮށްދޭނެ މަދަދެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ބަނޑަށްޖެހިފައިވާ ކުޑަކުދިންނާއި މުސްކުޅިން އަދި ހަރުމީހުންނާއި ޒުވާނުން ކޮޅުކޮޅުމައްޗަށް ދުވަނީ ކާނެ އެއްޗެއް ނޫނީ އުނުއޮރިޔާން ނިވާކުރާނެ އަންނައުނުކޮޅެއް ހޯދުމަށެވެ.

މި ހާލަތުގައި، "ގްލޯބަލް ސުމޫދް ފްލޮޓީލާ" ގެ ބޯޓުތަކުން ވަނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ނުރައްކާތެރި ދަތުރެއް ފަށާފައެވެ. މި ދަތުރުގައި ދިވެހި ދަރިއެއްގެ ގޮތުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޝާޒް ބައިވެރިވެއެވެ.

ތޫނިސްގެ ގަމާތު ޕޯޓުން ފެށިގެން ކުރިއަށްދާ މި ދަތުރަކީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ނުރައްކާތެރި ހަމަލާއަކާ ކުރިމަތިވުމުގެ ބިރު އޮތް ދަތުރެކެވެ. "މިއީ ވަރަށްވެސް ހައްސާސްކަން އެކުލެވޭ ދަތުރެއް. އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ނުރައްކަލަކީ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ހަމަލާއެއް،" ޝާޒް ވަނީ ޕީއެސްއެމް ނިއުސްއާ ހިއްސާކުރި ވީޑިއޯ މެސެޖެއްގައި ބުނެފައެވެ.

ޝާޒް މި ދަތުރު ކުރަމުންދަނީ ދިވެހިންގެ މަސައްކަތުން ހޯދާފައިވާ އެހީގެ ސާމާނުތައް ހިފައިގެންނެވެ. އޭނާ ދަތުރުގެ އަޕްޑޭޓްތައް މީސްމީޑިއާގައި ޙިއްސާކުރަމުން ދާއިރު، ގިނަ ދިވެހިން ދަނީ އޭނާގެ ހިތްވަރަށް ތަޢުރީފުކުރަމުންނެވެ.

ދިވެހިންނަކީ ފަލަސްޠީނުގެ ހައްގުގައި އަބަދުވެސް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ފަންޑްރައިޒިންގ އިވެންޓުތަކާއި އެކި ކެމްޕެއިންތައް މެދުވެރިކޮށް ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިން އަބަދުވެސް މަސައްކަތް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ސަޒު އަކީ ޒަމަނުއްސުރެން ޕާޓޭއެއް މިހްރު އެހެން ފޭރާމެއް ގަ ފެނުނަސް ، ފައިސާ އަށް އާޓިކްލް ލިޔެ ދިވެހިން އްތުން ފޭރެން ނުހަދާ

  2. ހިޔަލަ ފަޔާ އަށް ބުނެލަން ޖެހެނީ ޝާޒު މަސައްކަތަށް ކިތަންމެ ނަފުރަތެއް ކުރިނަމަވެސް މިހާރު ޝާޒުއަކީ ކެރިގެން މަސައްކަތް ތެދުވެރި ދިވެހި ދަރިއެް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު