14 އޮކްޓޫބަރު 2025

ޓިކްޓޮކް ވީޑިއޯއެއް ނަގަމުން ދަނިކޮށް 15 އަހަރުގެ ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ

ބަންގްލަދޭޝްގެ ގާޒިޕޫރުގެ ޓޮންގީގައި ހުންނަ ގުޓިއާ ބީލްގައި ރައްޓެހިންނާއެކު ޓިކްޓޮކް ވީޑިއޯއެއް ނަގަމުންދަނިކޮށް 15 އަހަރުގެ ކުއްޖެއް ކަމުގައިވާ އަލް މެހެދީ ހްރިދޮއި މޫދަށް ވެެއްޓި މަރުވެއްޖެއެވެ. އޭނާ ގެއްލުނުތާ އެއް ދުވަސް ފަހުން، އަންގާރަ ދުވަހުގެ މެންދުރުފަހު އެ ޤައުމުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ ހަށިގަނޑު ހޯދާފައެވެ.

ބަންގްލަދޭޝްގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހްރިދޮއި އާއި އޭނާގެ ތިން ރައްޓެހިން ކަމުގައިވާ ނިރާބް، ޖުނައިދު އަދި އިބްރާހިމް ވަނީ ކުޑަ ދޯންޏެއްގައި ހޯމަ ދުވަހުގެ މެންދުރުފަހު ގުޓިއާ ބީލްއަށް ގޮސްފައެވެ. ޓިކްޓޮކް ވީޑިއޯ ނަގަމުންދަނިކޮށް އެ ކުދިންގެ ތެރެއިން ތިން ކުދިން މޫދަށް ފޭބި ކަމަށާއި، އެ ވަގުތު އޮއި ބާރުވެ އެ ކުދިން ދަމައިގަނެގެން ގެންދިޔަކަމަށެވެ.

މި ހާދިސާގައި ނިރާބް އާއި ޖުނައިދު ވަނީ އަނބުރާ ދޯންޏަށް އަރާފައެވެ. ނަމަވެސް ހްރިދޮއި ވަނީ ގެއްލިފައެވެ. ދޯނީގައި ހުރި އިބްރާހިމް ވަނީ މުޅި ހާދިސާ އޭނާގެ ފޯނުން ރެކޯޑުކޮށްފައެވެ.

ޓޮންގީ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަނީ މި ހާދިސާ ހިނގި ވަގުތުން ފެށިގެން އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ފަށައި، މުޅި ރޭގަނޑު ހޭދަކޮށްފައެވެ. ސީނިއަރ އޮފިސަރ ޝާހިން އަލަމް ވިދާޅުވި ގޮތުގައި އާއިލާގެ އެދުމުގެ މަތިން ހަށިގަނޑު ވަނީ އޮޓޮޕްސީ ނުހަދައި އާއިލާއާ ހަވާލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު