ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްއިން ވިދާޅުވީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3,183,040 (ތިން މިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް ސާޅީސް) ސިނގިރޭޓް ނުވަތަ 199 ކޭސް ސިނގިރޭޓް ނައްތާލާފައިވާކަމަށެވެ.
މިތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތިކަމަށް އެ މުޢައްސަސާއިން ވިދާޅުވެއެވެ. އަދި މި ތަކެތި ނައްތަލާފައި ވަނީ ދޫނިދޫގައެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 3 މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި.
މިތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ.ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި. pic.twitter.com/SfVpjMD9Z4— Maldives Customs Service (@CustomsMv) October 19, 2025
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ފެންމަތިވެފައިވެއެވެ.