24 އޮކްޓޫބަރު 2025
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު، ފޮޓޯ: މޯލްޑިވިއަން

ވައިގެ ދަތުރުފަތުރުގެ ވިޔަފާރި ހަމައެކަނި ދިވެހިންނަށް ކުރެވޭގޮތަށް ޤަވާއިދު ބަދަލުކޮށްފި

ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ސިވިލް އޭވިއޭޝަން އޮޓޯރިޓީން އައު ޤަވައިދެއް އެކުލަވާލައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު ގަވައިދަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގައުމީ އުފެންދުންތެރިކަން މަތިކޮށް ދިވެހި ވިޔަފާރިތަކަށް އިތުރު ބާރު ދިނުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ގެނެވުނު ބަދަލެއްކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުންދީ އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ބަދަލެއްކަމަށެވެ.

ކުރިން ގަވައިދު އޮންނަގޮތުން %49 ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް ދިވެހިރާއްޖޭގައި މިފަދަ ވިޔަފާރިތައް ކުރެވެއެވެ. މި ގަވައިދު މިހާރު ގެޒެޓްކޮށްފައިވާއިރު، މި ގަވައިދުގެ ދަށުން ޖެނެރަލް ސޭލްސް އެޖެންޓުންނާއި (ޖީއެސްއޭ)، ޕެސެންޖާ ސޭލްސް އެޖެންޓުން (ޕީއެސްއޭ) އަދި ކާގޯ ސޭލްސް އެޖެންޓް (ސީއެސްއޭ) ގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ގެނެވުނު ބަދަލެއްކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުންދީ އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ބަދަލެއްކަމަށެވެ.

އަލަށް މި އެކުލަވާލި ގަވައިދާއިއެކު ވައިގެ ދަތުރުފަތުރު އަދި ޓްރާންސްޕޯޓް ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިންގެ މިލްކުވެރިކަމަށް އިސްކަންދީ ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ދޮރުތަކެއް ހުޅުވުމާއިއެކު ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމްކޮށް ދިވެހި ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު