29 ޑިސެންބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ވަޔާއެކުގައި ސަލާމުގެ ހާރޭހާރޭ

*ރާގު! މިއައިފާގަތިރަބީޢުން ރޫޙޭރޫޙޭ،.،..

ވަޔާއެކުގައިސަލާމުގެ ހާރޭހާރޭ ޙަބީބަށްއިތުރުމާތް ފޮނުވެނީ
ކިޔާނުނިމޭނެމަތިވެރި ޝުކުރޭޝުކުރޭ އަބަދުހިތްތަކުން އޮހެމުންދަނީ

އެންމެމަތިވެރި އިލާހީރަޙްމަތުން ދެއްވިމަތިވެރިވެގެންވި ޢިނާޔަތުން 2
އެންމެލޮބުވެތި އަމީނުގެ ފަޚްރޭފަޚްރޭ އުޑާއަދި ބިމުންއުފުލައިލަނީ

ދެއްވިމަތިވެރި މަޤާމާޢިއްޒަތާ ދެއްވިޤަދަރާއިފުރިހަމަ ހައިބަތާ 2
ދެއްވި މިޢުރާޖުގައިވީ ޝަރަފޭޝަރަފޭ މިތާރީޚުގައި ފެވެމުންދަނީ

ޛިކްރުގައި ކައުޙަބީބުގެއެންމެހައި ފިކުރުތައްވީ މުޅީންގޮސްހުސްވެފައި 2
މިކުރެވޭހެޔޮތަޙިއްޔާ އަބަދީއަބަދީ ލެޔާވިންދުގައި ގުޅިފައިވަނީ

20 ނޮވެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *