29 ޑިސެންބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: މީ ވިސްނަންޖެހޭ ކަމެއް

*ރާގު! އޮތުންމޮޅު ކޮންމެވެރިކަމަކަށް،،….
ކައުންސިލަރުންގޮތުން ގެންނަންޖެހޭނީ ކަންވެވޭމީހުން
ކައުންސިލު ހިންގުމުގެ ކުޅަދާނަކަންއެބައެއްގެ ހުރިމީހުން
ކަމަށްޤާބިލް ކަމަށްއެކަށޭ ކަމަށްހުޝިޔާރުކަންހުރެފައި 2
ނަމެއްގައިނުތިބެ ކަންކުރެވޭ ޒަމާނަށް ލޯދިލޭމީހުން
އަމާނާތްތެރިކަމާއެކުގައި ނަޒާޙަތްތެރިކަމެއް ހުރެފައި 2
ޒަމާނާއެކުލެވޭ ތަޢުލީމުގައި ފުންނާބުއުސްމީހުން
ރިވެތި އަޚްލާޤު ލިބިފައިވާ ރިވެތި ބަސްމޮށުމަކާއެކުގައި 2
ދިވެހިބަސް ރަނގަޅުހެޔޮގޮތުގައި ހިފަންބޭނުން އެނގޭމީހުން
ސުލޫކީމިންގަނޑުން ހުރިހައިކަމެއްގައިވެސް ޢަމަލްކުރެވޭ 2
އުސޫލާ ހަމަތަކަށް ހުރިހައިރޮނގުން އިސްކަންދެވޭމީހުން
ތިމާގެއަމިއްލަ މަޞްލަޙަތަށްވުރެން ބޮޑުއިސްކަމެއްދީގެން 2
ތިމާގެ އެދުންތަކުގެކުރިޔަށް ރަށުގެކަންކަން ނެރޭމީހުން
ތިމާޒިންމާ ތިމާދަނެގެން ވަށައިހުރި ޙައްޤުތައް އެނގިގެން 2
ް ތިމާކުރި ބޮޑު ހުވާގެމަތީ ނިކަން ސާބިތުވެވޭމީހުން
ޖަމާޢަތްމިސްކުތުގެ ޤާއިމުވެދާހިނދު އިސްކަމެއްދީގެން 2
ޖަމާޢަތުގައި ވެގެންބައިވެރި ނަމޫނާ ދެއްކުވޭމީހުން
މުސާރަބަރާބަރަށް ނަގަމުން ސަލާމް ޗުއްޓީގެފޮތް ފުރަމުން 2
"މުސާފިރަކާއި"އެއްފަދަނުވެ ތަނަށް ގަޑިޔަށް ދެވޭމީހުން
ކަމަށްކުރިމަތިލުމަށް އެއްވެސްކަހަލަ ޝަރްޠެއްނުވާ މިކަމަށް 2
ނަމަށްނުބަލައި ހޮވަންވާނީ ލަކެއް ފަސްބައިގެ ނެތްމީހުން
23 ނޮވެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *