29 ޑިސެންބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: އެވަރުކޮށްލީމާ…. އަދިވެސް؟

*ރާގު! ފަޚްރުލްވަޠަން އަމީނަށް،.،.
ކަރުނައިގެ ފުންކަނޑެއްގައި މަރުދީމަވީ ފަތަންހޭ؟
ބަރުބާދުވީ ޙަޔާތުގެ ޞަފްޙާ އަތުން ލިޔަންހޭ؟
މަޔަކާއި ބައްޕަޔަކުދިން ލޯބީގެފޮނި އުފާތައް 2
(ލޯބީގެފޮނި އުފާތައް)
ގަޔަކާނުވާ ގޮތެއްގައި ބޭކާރުވީ ކުރަންހޭ؟
އުންމީދުތައް ހިތުންކުރި ފުނޑުފުނޑުވެގެންދިޔައިމާ 2
(ފުނޑުފުނޑުވެގެންދިޔައިމާ)
ފުންވީ ހިތާމަތަކުގައި ހުރެގެންމަވީ ނިމެންހޭ؟
އެދުވަސް އެހައިއުފާވެރި ގޮތުގައި ނަޞީބުވީތި 2
(ގޮތުގައި ނަޞީބުވީތީ)
މިދުވަސް ހަދާންތަކާވީ ދެއަތުން ކަފުންކުރަންހޭ؟
އަނިޔާގެ ކުރިމަތީގައި ދެކަކޫ ނުޖެއްސުނީމާ 2
(ދެކަކޫ ނުޖެއްސުނީމާ)
އަނިޔާލިބުނުކަމަށްވީ ނުހަދައި ހިތުން ރުހެންހޭ؟ލޯތްބަށްޓަކައިވި ޤުރްބާން ޤަދަރާއެކީވި އިޙްސާން 2
(ޤަދަރާއެކީވި އިޙްސާންް)
ލޯބީ ގެނަންމަތީގައި އަދިވެސް ފިދާކުރަންހޭ؟
އަހަރެން ޙަޔާތުގައި އައި ހިތްދަތިކަމުގެ ފަސާނާ 2
(ހިތްދަތިކަމުގެ ފަސާނާ)
އަހަރެންދުލުން ނުބުނެދީ ވީ ސިއްރަކަށް ހަދަންހޭ؟
ވޭނާއި ކެކުޅުމާދިން އަނިޔާތަކާ ތުރާތައް 2
(އަނިޔާތަކާ ތުރާތައް)
އޭނާގެ ޙައްޤުގައިވީ އުފަލެއްކަމަށް ދެކެންހޭ؟
3 ޑިސެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *