29 ޑިސެންބަރު 2025
2018 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން، ފޮޓޯ: ޔުނިސެފް

މަނަދޫ އަޒީގެ ޅެންހާރު: ހިތްތަކުގެ މޭވާއަކީ

*ރާގު! ޢަޞްރުދުއައީގެއްލިގެން،.،..

ހިތްތަކުގެ މޭވާއަކީ ލޮބުވެތި މިޤައުމުގެ ކުޑަކުދީން
ހިތްތަކަށް ފިނިކަންގެނެސްދޭ ލޯބިވެތިވީ ކުޑަކުދީން

ރޫޙުތައްދިރި ހާއުފާކަން ހިތްތަކަށް ގެނުވައިދެނީ 2
(ހިތްތަކަށް ގެނުވައިދެނީ)
ނޫރުފަދަ ދެލޮލުގެއުޖާލާ އަލިފަދައިންވީ ކުޑަކުދީން
ފޫހިކަންފިލުވާލަދީ މުޅިގޭތެރޭ މާޙައުލުގައި 2
(މުޅިގޭތެރޭ މާޙައުލުގައި)
މޫނުތައް ހިނިތުންކުރާ ފޮނިރާގަކީއޭ ކުޑަކުދީން
ރަޙްމުވެތިކަން އެންމެމަތިވެރި ކުލުނުވެރިކަން ދޭންޖެހޭ 2
(ކުލުނުވެރިކަން ދޭންޖެހޭ)
އަހުރަވެތި އުންމީދަކީ ޤައުމުގެ ފަޚްރުވެރި ކުޑަކުދީން
މަންޒިލަށް ވާޞިލުވެވޭނޭ މަގުގެއަލި ރާސްތާއަކީ 2
(މަގުގެއަލި ރާސްތާއަކީ)
މަންމައިންގެ އުނގުން ނުކުމެގެންއަންނަ ނިޔަނެތި ކުޑަކުދީން
މާޙައުލު ތާޒާކަމާއެކު ފަރިތަބައްސުމް ކޮށްލަދޭ 2
(ފަރިތަބައްސުމް ކޮށްލަދޭ)
މާދަމާ ދިރުމޭއެއީ ޤައުމުގެ މި ޖީލުގެ ކުޑަކުދީން

20 ނޮވެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *