ރައީސުލްޖުމްހޫރިއްޔާ މަސްޖިދު ޔޫސުފުލް ބަރްބަރީ ރަސްމީކޮށް ހުޅުވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް

މަނަދޫ އަޒީގެ ޅެންހާރު: އައީ މާތްވި ރަމަޟާން

*ރާގު! ތެރީއާންކޮ ކާޖޫ އިޝާރާނަހޯތާ…. .
*ދިވެހި: ނެތީހޭ މިޢާލަމް،،..
އައީމާތްވި ރަމަޟާން އުފާވެރިކަމައިގެން
އައީއެންމެހައި ދަރުމަޔާ ހެޔޮކަމައިގެން
ކަމާރީތިހުރިހައި އުސޫލާ ރަނގަޅުހައި
ކަމާހެޔޮ ދެދުނިޔޭގެ ލިބެވޭނެ ހުރިހައި
ސަލާމަތުގެ މަގުދައްކަމުން ސާފުސީދާ
އަމާނާއެކީ ރީތިހައި ޞުލްޙަޔައިގެން
ލިބޭދަރަޖަ މަތިވެރިވި އިޢުލާނު ކުރަމުން
ލިބޭ ރަޙްމަތާ ނިޢުމަތަށް ބާރުއަޅަމުން
ލިބޭ ހަމަޖެހުން ރޯދައިން ހާމަކުރަމުން
ލިބޭނޭ މަޤާމުގެ ޚަބަރުތައް ހިފައިގެން
ކަމާޝަރަފުވެރި ޢިއްޒަތާ ޤަދަރުލިބިވާ
އަމާންކަމުގެ ރެއަކާއެކީ ޝާނުލިބިވާ
ސަމާޙަތުގެއަސްލުން ޖަރީ ކުރެވިފައިވާ
ޒަމާންވީ ދަވާމުގެ ކަރާމާތްތަކައިގެން
18 ފެބްރުވަރީ 2026
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *