Screenshot

މަނަދޫ އަޒީގެ ޅެންހާރު: ގެޔަށް އައި ޚާއްޞަ މެހްމާނާ

*ރާގު! ސުނާއުން ކިސްކޮއަފްސާނާ..،،..
ގެޔަށް ދީފިޔެ އުފާވެރިކަން ގެޔަށްއައި ޚާއްޞަ މެހްމާނާ
ފެޔަށްޖައްސައިފި ވަސްވާސްދޭ ނުރައްކާތެރިވި ޝައިޠާނާ
ގުޅުންތައް ބަދަހިކޮށް ކުދިބޮޑު އުޚުއްވަތްތެރިކަމާއެކުގައި 2
އުޅެންވީގޮތުގެ ފުރިހަމަތަރަހަ ދައްކައިދީފި އިންސާނާ
ދުރަށްގޮސް މާދުރަށްދެވިފައިމެވަނިކޮށް ޣަފްލަތުގެ ތެރެއަށް 2
ހުރަސްތައްފިލުވަމުން ހިތްތައް އަހުލުވެރިކޮށްފި ޤުރްއާނާ
އަޅައިލުން ކުޑަވެފައި ހެޔޮކަންތަކާމެދު ފިކުރުތައް ވަނިކޮށް 2
ފުޅާކޮށް ދައްކަމުން ރާސްތާ ގުޅާލައިދީފި އިޙްސާނާ
ހެވަށް ދުނިޔޭގެ ހުރިހައިވަގުތުތައް ހޭބޯނުލައި ދަނިކޮށް 2
ހެވަށް ހެޔޮލިބި ހިތާ ނަފުސުންމެ ކަންފިލުވައިފި ދީވާނާ
އެތެރެއާ ބޭރުފުށުގައިވާ ނުފާޑުގެ ކިލަނބުކަން ފިލުވައި 2
އެތެރެފުށުގައި ހިނގާފިނިކަން ހިތުގެ ގުޅުވައިފި އީމާނާ
އެދުންވެރިކުރުވަމުން މަތިވެރިވި ރޫޙާނިއްޔަތަށް ހިތްތައް 2
މެދުން ޝައުޤެއް އުފައްދައިދީފި އެކުވެރިކޮށް އުޅެން ދީނާ
ދެމުން ފަތްފުށްތަކުން ޛިކްރާ ޒަމާންތަކުގައިވި ދެމިގެންއައި 2
ދެމުން އިރުޝާދުތައް ގުޅުވައިފި އިތުރުވި ޝަހްރުރަމަޟާނާ
20 ފެބްރުވަރީ 2026
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *