އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން: އޭނާ އާފަލު ކެއުމުގައި ގެންގުޅުއްވި ތަފާތު އާދައިގެ ސަބަބުން ބަނޑުގެ ސިއްޙަތަށް ފައިދާކުރި ކަމަށް ފަހުގެ ދިރާސާތަކުން ދައްކާ -- ފޮޓޯ: މެތިއު ބެންޖަމިން ބްރޭޑީ/ވިކިމީޑިއާ ކޮމަންސް

އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން އާދަޔާޚިލާފު ގޮތަކަށް އާފަލު ފަރިއްކުޅުއްވި ސަބަބު؟

އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަންއަކީ އޭނާގެ ދިގު އަދި ލޫޅާފަތި ހަށިގަނޑުގެ ސަބަބުން މަޝްހޫރު ބޭފުޅެކެވެ. އިސްކޮޅުގައި 6 ފޫޓު 4 އިންޗި ހުރިއިރު، ބަރުދަން ހުންނަނީ އެންމެ 160 އާއި 185 ޕައުންޑާ ދެމެދުގައެވެ. މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެންމެ އިސްކޮޅުން ދިގު، އަދި އެންމެ ހިކި ރައީސެވެ. ލިންކަންއަކީ ކެއުމަށް އެހާ ބޮޑު ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅެއް ނޫނެވެ. ނަމަވެސް، އޭނާ އެންމެ ގަޔާވި އާދައިގެ ކާނާތަކުގެ ތެރެއިން އާފަލަކީ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއްޗެކެވެ.

ލިންކަންއާއެކު ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި ވިލިއަމް ހާންޑަން ހާމަކުރެއްވި ގޮތުގައި، ލިންކަން އާފަލު ފަރިއްކުޅުއްވީ، ވަރަށް ތަފާތު ގޮތަކަށެވެ. އޭނާ އާފަލުގެ ތިރީކޮޅުން ފަށައިގެން މައްޗަށް މުޅި އާފަލު އެއްކޮށް ކައި ހުސްކޮށްލައެވެ. އޭގެ ތެރޭގައި އާފަލުގެ އޮށާއި، މެދުގައި އޮންނަ ހަރު ބަޔާއި، އަދި އޭގެ ކުރާގަނޑު ވެސް ހިމެނެއެވެ.

ލިންކަން ބޮޑުފުޅުވީ އެމެރިކާގެ ބޯޑަރު ސަރަޙައްދުގައި ދަތި ދިރިއުޅުމެއްގައެވެ. އެހެންކަމުން، ކާނާ އިސްރާފުކުރުމަކީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް ވިސްނާފައިވާ ކަމެއް ނޫނެވެ. އޭނާއަށް ކާނާއަކީ ހަމައެކަނި ހަށިގަނޑަށް ބޭނުންވާ ހަކަތައެވެ. އާފަލަކީ ފަސޭހައިން ހަލާކުނުވެ، ކޮންމެ ތަނަކަށް ވެސް ހިފައިގެން ދާން ފަސޭހަ އެއްޗަކަށް ވުމުން، ގިނަ ވަގުތު ދަތުރުފަތުރުގައްޔާއި ބުރަ މަސައްކަތުގައި އުޅުއްވި ލިންކަންއަށް އާފަލަކީ އެންމެ ރަނގަޅު ކާނާއަށްވިއެވެ.

ރައީސްކަން ލިބިވަޑައިގަތުމަށްފަހު ވައިޓް ހައުސްގައި އުޅުއްވިއިރު ވެސް އޭނާގެ އަނބިކަނބަލުން މޭރީ، ބަދިގޭގައި އަބަދުވެސް އާފަލު ގިނަ އަދަދަކަށް ބަހައްޓަވައެވެ. ލިންކަން އެއްފަހަރަކު ވިދާޅުވެފައިވަނީ އާފަލަކީ އޭނާގެ ބަނޑާ ވަރަށް ގުޅޭ އެއްޗެއް ކަމަށެވެ. އަދި  ޢިލްމީ ގިނަ އަދި ބުރަ މަސައްކަތްކުރާ މީހުން ކެއުމާއި ބުއިމުގައި ފަރުވާކުޑަކޮށް، ބަނޑަށް ނުކުޅެދޭ ތަކެތި ކެއުމުގެ ސަބަބުން ސިއްޙަތު ހަލާކުވެ، އުމުރު ކުރުވާ ކަމަށް ވެސް އޭނާ ގަބޫލުކުރެއްވިއެވެ.

ސައިންސްވެރިންގެ ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ލިންކަން އާފަލު ފަރިއްކުޅުއްވި ގޮތަކީ ހަގީގަތުގައި ބަނޑުގެ ސިއްޙަތަށް ވަރަށް ފައިދާހުރި ގޮތެކެވެ. އާފަލުގެ މުޅި އޮނިގަނޑު، ޚާއްޞަކޮށް އޭގެ އޮށާއި މެދުބައިގައި، ބަނޑުގެ މައިކްރޯބަޔޯމް ނުވަތަ ހަށިގަނޑަށް ފައިދާހުރި "ގުޑް ބެކްޓީރިއާ" ވަރަށް ގިނައިން އެކުލެވިގެންވެއެވެ. އެހެންކަމުން، ލިންކަންއަކީ އޭނާގެ ޒަމާނުގައި ނޭނގި ނަމަވެސް "ޕްރޯބަޔޮޓިކްސް" ބޭނުންކުރުމުގެ ކުރިއަރާފައިވާ އާދައެއް ގެންގުޅުއްވި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ