ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާއަށް ކުރާ އުމްރާ ދަތުރެއް މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
ޤައުމީ އެއާލައިން، 'މޯލްޑިވިއަން' ގެ A330 ބޯޓުގައި ކުރާ މި ދަތުރަކީ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އަދި މިކަން ހަގީގަތަކަށް ހެއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ދުރުވިސްނޭ އިސްނެންގެވުމަށް ވަޒީރު ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.


