ހައްދުފަހަނައަޅާފައިވާ އިސްރާޢީލުގެ ޒައިނިސްޓް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑަށް އެއް މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ރެޑް ކްރެސެންޓުން ބުނާގޮތުން ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ، މި މަހުގެ 28 އާ ހަމައަށެވެ. އަދި ފަންޑަށް ލިބޭ ފައިސާގެ އެހީގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، އުޅަނދުތަކަށް ބޭނުންވާ ތެލާއި ކާބޯތަކެއްޗާއި، ސާފު ބޯފެން ފަދަ ޒަރޫރީ ބޭނުންތައް ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް ރެޑް ކްރެސެންޓުން ބުނެފައިވެއެވެ.
އެހީގެ ފައިސާ ޖަމާކުރާނެ އެކައުންޓުތައް:
- ބީއެމްއެލް ރުފިޔާ އެކައުންޓް: 7701176022001
- ބީއެމްއެލް ޑޮލަރު އެކައުންޓް: 7701176022002
- އެމްއައިބީ ރުފިޔާ އެކައުންޓް: 99010155500036100
- އެމްއައިބީ ޑޮލަރު އެކައުންޓް: 99010155500036200
ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އަންނަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގެ އާއްމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ކިޔަވައިދޭ ތަންތަން ވަނީ ސުންނާފަތިކޮށްލާފައެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ފަލަސްތީނުގެ 5،089 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 14،000 އަށް މީހުން ވަނީ ޒަހަމްވެފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. މިހާތަނަށް އައިއިރު 2،000 އަށްވުރެ ކުދިން ޝަހީދުވި ވަނީ ޝަހީދުވެފައެވެ.