Friday, 11 October 2024

އިޒުރޭލުން އަނިޔާވެރިވިޔަސް، "އަހަރެމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ"

ލާއިންސާނީ އިޒުރޭލުގެ ޔަހޫދީން، ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާގައި ބޮންއަޅައި، އަލްޖަޒީރާގެ ނޫސްވެރިޔެއްގެ އަންހެނުންނާއި ދަރިން މަރާލުމާ ގުޅިގެން، "އަހަރެމެންގެ އަޑު ކަނޑުވައެއް ނުލެވޭނެ" އޭ ވިދާޅުވެ ހޫނު ރައްދެއް އަލްޖަޒީރާ ޓީމުން ދީފިއެވެ.

އަލްޖަޒީރާގެ ޣައްޒާ ބިއުރޯގެ ޗީފްއާއެކު މަސައްކަތްކުރަމުންދާ ޓީމުން މިހެން ބުނެފައިވަނީ، ލާއިންސާނީ އިޒުރޭލުގެ ޔަހޫދީން، ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާގައި ބޮންއަޅައި، އަލްޖަޒީރާގެ ދުވަސްވީ ނޫސްވެރިޔާގެ އަންހެނުންނާއި ދަރިން މަރާލުމާ ގުޅިގެންނެވެ.

އަލްޖަޒީރާގެ ޢަރަބި ޕްރެޒެންޓަރ ތަމިރް އަލްމިޝްއަލް ބުނެފައިވަނީ، އެ ނޫސްވެރިޔާގެ ޢާއިލާ މަރާލުމަކީ ނޫސްވެރިންނަށް ޓާގެޓްކޮށް ދިން ހަމަލާއެއް ކަމަށާއި، އެހެނީ އަލްޖަޒީރާގެ ނޫސްވެރިޔާ، ވައެލް އަލް ދަހްދޫހްއަކީ "ޣައްޒާގެ އަޑު" ކަމުގައި ސިފަކުރަމުން އަންނަ ފަރާތްކަމުގައެވެ.

"ވައެލް އަލް ދަހްދޫހްއަކީ ނޫސްވެރިކަމުގެ ދުނިޔޭގެ މައިތަނބު، އަދި ޣައްޒާގެ ވެސް މައި ތަނބު. އޭނާ އިޒުރޭލުން ދެމުންދާ އަނިޔާއާއި ހިންގަމުންދާ ޖަރީމާތައް ތިލަކޮށްދެމުންދާތީ، ދީފައިވާ ޙަމަލާއެއް މީ، އަޑު ކަނޑުވައެއް ނުލެވޭނެ، މިކަން ދާނެ ކަމުގެ ގެރެންޓީދެން، ކޮންމެ ދުވަހަކުވެސް ޙަޤީޤަތް ހާމަކުރަމުން ގެންދާނަން" އަލްމިޝްއަލް ބުންޏެެވެ.

އޮކްޓޯބަރު 7 ގެ ފަހުން މިހާރު ކުރިއަށްދާ ހަނގުރާމައިގައި، އިޒުރޭލުން 22 ނޫސްވެރިޔަކު މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ، ވައެލް އަލް ދަހްދޫހްގެ އަންހެނުންނާއި، އަންހެން ދަރިއަކާއި ފިރިހެން ދަރިއެއް މި ދުނިޔެއިން ނައްތާލާފައިވާއިރު، ޔަހޫދީން އިސްތިއުމާރުކޮށްފައި އޮންނަ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ ލޯކަލް ބިއުރޯ ބަންދުކުރަން ޔަހޫދީ ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ. އަލްޖަޒީރާ ގުދުސް އޮފީސް ބަންދުކުރަން ޖެހޭ ސަބަބެއް ކަމަށް ޔަހޫދީ ވަޒީރު ވިދާޅުވީ އަލްޖަޒީރާގެ ސަބަބުން ޔަހޫދީންގެ އަސްކަރީ ރޭވުންތައް ބޭޒާރުވާތީ ކަމަށެވެ. އަދި އެއީ ހަމާސް އަށް ތާއީދުކުރާ ނޫސް އޭޖެންސީއެއް ކަމަށްވާތީއެވެ.

ޔަހޫދީ ސަރުކާރަށް ލަފާދެއްވާ ސެކިއުރިޓީ މާހިރުންނާ ހަވާލާދެއްވައި ޔަހޫދީ ކޮމިއުނިކޭޝަން ވަޒީރު ބުނީ އަލްޖަޒީރާއަށް ބޭނުން ގޮތަކަށް ހަބަރު ފަތުރަން ހުއްދަދީފިނަމަ އެކަމުގައި އެންމެ ބޮޑު ފައިދާއެއް އޮތް ބަޔަކީ ހަމާސް ކަމަށެވެ. އަލްޖަޒީރާ ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވާނެ ކަމަށާއި، އެއަށްފަހު ޔަހޫދީ ކެބިނެޓަށް ކަރުދާހެއް ހުށަހަޅައި، އަލްޖަޒީރާ ބޭރުކުރުމަކީ ގައުމީ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމުގައި އޭނާ ބުނެފައިވެއެވެ.

ޔަހޫދިީންގެ ޤަތުލުއާންމުގެ ސަބަބުން ޣައްޒާގެ މައިންނާއި ޅަދަރީން އެދަނީ ބަލަބަލާ ތިއްބާ ލޮލުކުރިމަތީގައި ޝަހީދުވަމުންނެވެ. އެތައްހާސް ބައެކެވެ. ޣައްޒާއަށް މިއަދު ކުރިމަތިވެފައިވަނީ އިންސާނީ މުސީބާތެކެވެ. ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައެވެ. ހޮސްޕިޓަލްތައް ސުންނާފަތިކޮށްފިއެވެ. ގެދޮރު ބިމާ ހަމަކޮށްފިއެވެ. މިސްކިތްތައް ނައްތާލައިފިއެވެ. ސްކޫލުތައް ގޮއްވާލައިފިއެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6،500 އަށް އަރާފައެވެ. އޭގެ ތެރޭގައި 2،360 ކުޑަކުދިންނާއި، 1292 އަންހެނުން ހިމެނެއެވެ. އަދި، 16,000 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. 1500 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގެއެވެ. އޭގެ ތެރޭގައި 830 ކުޑަކުދިން ހިމެނެއެވެ. ޣައްޒާ ފުރަބަންދުކޮށް ކާބޯތަކެއްޗާއި ފެނާއި ޞިއްޙީ ފަރުވާގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުތަކުން ހުރަސްއަޅަމުންދާއިރު، ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުންގެ ހާލަތު ދަނީ ދެރަވަމުންނެވެ. އެހީގެ ސާމާނާ އެކު ޣައްޒާއަށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް ވެސް ޔަހޫދީ ފައުޖުތަކުން ދަނީ ހުރަސް އަޅަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު