Friday, 04 October 2024

ޣައްޒާގެ މުޖާހިދުން ނިކުމެ، ޣައްޒާއަށް ވަދެގަންނަން އުޅުނު އިޒުރޭލުގެ ފައުޖުތައް ހަންމަތަކޮށްފި

އިސްރާއީލުގެ ފައުޖުތައް އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނައިރު، ޣައްޒާއަށް ވަދެގަންނަން އުޅުނު ކަމުގައިވިޔަސް، ޣައްޒާގެ މުޖާހިދުން އިޒުރޭލުގެ ފައުޖުތައް ހަންމަތަކޮށްފިއެވެ.

ބައިތު ހަނާންއާއި އިރުމަތީ އަލްބުރިޖުން ވަދެގަންނަން އުޅުނު އިޒުރޭލުގެ ފައުޖުތަކާ ދެކޮޅަށް ޣައްޒާގެ މުޖާހިދުން ކުރިމަތިލައި ޔަހޫދީ ފައުޖުތައް ފަހަތަށް ޖައްސާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްޠީނުގެ އިސްލާމިކް ޖިހާދުގެ އަލްޤުދުސް ސިފައިން ހާމަކުރައްވާފައިވާ ގޮތުގައި، އިޒުރޭލުގެ ފައުޖުތަކާ ހިތްވަރާއެކު ކުރިމަތިލާ ޔަހޫދީ ޓެރަރިސްޓް ފައުޖުތައް ފަހަތަށް ޖައްސައިފިއެވެ.

"އަލްމަޔަދީން" ގެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރުގައިވާ ޖަބަލިޔާ ރެފިޔުޖީ ކޭމްޕް ކައިރިން ވަނީ އިޒުރޭލުގެ ފައުޖުތަކާ ކުރިމަތިލައި ފަލަސްޠީނުގެ މުޖާހިދުން ކާމިޔާބުކޮށްފައެވެ. މި ކުރިމަތިލުންތަކުގައި އިޒުރޭލުގެ ސިފައިންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ލެބަނަންގައި ހުންނަ ޣައްޒާގެ މަސްއޫލުވެރިއެއްކަމަށްވާ އުސާމާ ހަމްދާން ވިދާޅުވެފައިވެއެވެ.

"އަހަރެމެންގެ ޤައުމުގެ މީހުން އެބަ ދިރިތިބި. އައިސްދާނެ ކޮންމެ ހަމަލައަކަށް މިތިބީ ފިސާރި ކެރިގެން ތައްޔާރަށް. އެއްވެސް ނެގޯސިއޭޝަނަކަށް ޖާގައެއް ނެތް، އިޒުރޭލުގެ އަނިޔާވެރިކަން ނިމުމަކަށް ގެންނެވެންދެން، މަސައްކަތްކުރާނަން" ހަމާސްގެ އިސް އޮފިޝަލެއް ވިދާޅުވެފައިވެއެވެ.

ޙަމަލާތައް ބަދަލުކުރުކުރަމުންދާއިރު، އަލް ޖަޒީރާގެ ނޫސްވެރިން ބުނީ، ޣައްޒާއަށް ދެމުންދާ މިސައިލާއި އާޓިލަރީ ބަޑީގެ ހަމަލަތައް ޔަހޫދީ ފައުޖުތަކުން އިތުރު ކޮށްފައިވާ ކަމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އަލިފާން ރޯވެ، އަނދަމުންދާ ޢިމާރާތްތައް ކަމަށާއި، މެދުކެނޑުމެއް ނެތި އިވެމުން ދަނީ ބޮންތަކާއި މިސައިލްތައް ގޮވާ އަޑު ކަމުގައި ވެސް އެ ނޫހުގެ ރިޕޯޓަރުން ބުނެއެވެ.

އިސްރާއީލުން އެއްގަމު މަގުން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވަނީ ގޮތުގައި އިސްރާއީލުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ އަސްކަރީ 100 ވަރަކަށް ވެހިކަލުގައެވެ. އޭގެ ތެރޭގައި ކެޓަޕިކާ ޑީ9 ބުލްޑޮޒާ ވެސް ހިމެނޭ ކަމަށާއ،ި މި އުޅަނދުތައް ޖެނިންއަށް ވައްދާފައިވާއިރު، އެމީހުން ތައްޔާރުވަމުން އަންނަނީ ހަމާސްއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.

މީގެ އިތުރުން އިސްރާއީލްގެ ނިރުބަވެރި ސިފައިންގެ ފައުޖުތަކުން ވަނީ ޖެނިންގެ ގިނަ އިމާރާތްތަކެއް ހިފައި، ދުރު ރާސްތާ ބަޑި ޖަހާ ސްނައިޕަރުން އިމާރާތްތަކުގައި ބައިތިއްބާފައެވެ. އަދި އެސަރަހައްދުގެ ބައެއް ތަންތަނަށް އަންނަނީ ބޮން އަޅަމުން ކަމަށް ޚަބަރު ލިބެއެވެ.

އެއްގަމު މަގުން ޔަހޫދީ ފައުޖުތަކުން ޣައްޒާއަށް އަރައިފިނަމަ، ޣައްޒާގައި ޝަހީދުވަމުންދާ މުސްލިމުންގެ ޢަދަދު އެތަކެއް ގުނައަކަށް އިތުރުވެގެން ދާނެ ކަމުގައި އ.ދއިން ބުނެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 7,326 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 3,000 ޅަކުދިންނާއި ކުޑަކުދިން ހިމެނެއެވެ. އަދި، 17,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި 2,000 ކުޑަކުދިންނާއި 1,400 އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު