25 ޖަނަވަރީ 2025

އައިއޭސީ ފަންޑު: ދިވެހިންގެ ފަރާތުން ޣައްޒާއަށް 23 މިލިއަން ރުފިޔާ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ހުޅުވި ފަންޑަށް މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް އައިއޭސީން ހާމަކޮށްފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދުނުމުގެ މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމުގައިވާ އައިއޭސީން ބުނީ، "ޣައްޒާ އެމަޖެންސީ ރިލީފް 2023″ ފަންޑަށް މިހާތަނަށް 23،987،108 ރުފިޔާ އަދި 13،023 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެން، ފައިސާ ހޯދުން ކުރިއަށް ދިޔައީ ވަރަށް ފޯރިއާއިއެކުކަން ފާހަގަވެއެވެ. މީގެ އިތުރުން ފަންޑް ރެއިސް ކުރުމަށް ސައިިކަލު ދޮވުމާއި، ކޭކާއި ހެދިކާ ކަހަލަ އެކި އެއްޗެހި ވިއްކައިގެން ލިބުނު ފައިސާވެސް މި ފަންޑަށް ވަނީ ޖަމާކޮށްފައެވެ.

އެ ޖަމްޢިއްޔާއިން ވަނީ އިސްލާމީ އުއްމަތަށް ދިމާވާ ކަންކަމުގައި ދިވެހި ރައްޔިތުން ދެއްވާ އެހީ އަދި އެބޭފުޅުންނަށް ދެއްވާ އެއްބާރުލުމަށް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

މިފަންޑަށް އާންމު ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ތަފާތު ހަރަކާތްތައް ވެސް ބާއްވައިގެން ފައިސާ އެއްކޮށް، ފަންޑަށް ހަދިޔާކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރަމުންނެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ. އެއާއި އެކީ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ވެސް ވަނީ ހަމަލާތަކެއް ދީފައެވެ.

ފަލަސްޠީނުގެ ޣައްޒާގެ އާންމުންނަށް ބެލުމެއް ނެތި އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް ދިނުމާއި ގުޅިގެން ޣައްޒާގެ ގިނަ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. ޣައްޒާ މަތިން ބޮން އަޅައި އަނިޔާވެރި އިޒުޜޭލުން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު