ފަލަސްޠީނުގެ ޣައްޒާގައި ޙަރަކާތްތެރިވަމުންދާ ޖާނަލިސްޓެއް ކަމަށްވާ ބްލަސްތިޔާ އަލްއަޤާދު އޭނާގެ ޕްރޮފައިލްގައި ލިޔެގައިވަނީ، "އަހަރެންގެ ލޮލުން ޣައްޒާ ބަލާ"، މިހެންނެވެ. އޭނާ އަކީ ފަލަސްޠީނުގެ ޚަބަރުތައް ވަގުތުން ވަގުތަށް ގެނެސްދިނުމުގައި ބުރަކޮށް މަސައްކަތްކުރަމުންދާ ނޫސްވެރިއެކެވެ.
ޕޯސްޓުގައި އޭނާ ޙިއްސާކޮށްފައިވާ ފޮޓޯ، ފަހަތުން ފެންނަނީ ބޮން އެޅުމުން ވީރާނާވެފައިވާ މަންޒަރު
ބްލަސްތިޔާ ޕޯސްޓުކޮށްފައިވާ ޕޯސްޓެއް ޕިންކޮށްފައިވެއެވެ. އެ ޕޯސްޓް ފަށަމުން އޭނާ ބުނެފައިވަނީ "އަހަރެންގެ ޣައްޒާގެ ރީތި ސަހަރު ބަދަލުވެފައި މިވަނީ މަރުވެފައިވާ ސަހަރަކަށް" ކަމަށެވެ. ނާމާން ސަހަރަކަށް ބަދަލުވެ، އެ ސަހަރުގައި ހިނގަމުންދާއިރު ދުވަނީ މީހުން މަރުވެފައިވަސް ކަމަށެވެ.
އޭނާ ބުނީ، "ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ބޮންގޮއްވާފައިވާ މަންޒަރު. ބޮންގޮއްވާ ސުންނާފަތިކޮށްލާފައިވާ މަންޒަރު، އިވެނީ ބޮން ގޮއްވާ އަޑު. ވައިގެ ތެރޭންވެސް އިވެނީ އެއަޑު."
އަދި އިވެނީ ކުޑަކުދިން ރޯއަޑު ކަމަށާއި، އިޙްސާސްކުރެވެނީ، ތަދާއި ބިރުވެރިކަމުގެ އިޙްސާސް ކަމަށް އޭނާ ބުނެފައިވެއެވެ.
އޭނާގެ ޝުޢޫރުތައް ބަންޑުންކޮށްލާފައިވާއިރު، ވައިގެމަގުން ބޮން އެޅުމުގެ އިތުރުން، ޣައްޒާއަށް ވަދެގަންނަން ހަރަކާތްތެރިވާ ޔަހޫދީ ފައުޖުތަކަށް ހަމަލަދޭން ގައިޑެޑް މިސައިލާއި، އާޓިލަރީ ބަޑިއާއި އެހެނިހެން ހަތިޔާރު ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން، އެމެރިކާގެ އެހީތެރިކަމާ އެކު، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 7,703 އަށް އަރާއިރު، އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 17,400 އަށް އަރާއިރު، އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި، 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.


