Tuesday, 23 July 2024

އަނިޔާވެރި އިސްރާއީލުން އަލްޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ކަމަށް އިންޒާރުދީފި

އަނިޔާވެރި އިސްރާއީލުން އަލްޤުދުސް ހޮސްޕިޓަލަށް ބޮން އަޅާނެ ނަމަށް އިންޒާރުދީފައިވާ ކަމަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޣައްޒާގެ ކުށެއްނެތް ރައްޔިތުން ޝަހީދުކޮށް، އިމާރަތްތަކާއި ގޯތި ގެދޮރު ސުންނާފަތިކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުތައް ހައްދުން ނެއްޓިފައިވާ ދަނޑިވަޅެއްގައި، އަލްޤުދުސް ހޮސްޕިޓަލަށް ބޮންއަޅާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށާއި، އެހެންކަމުން އެތަނުން މީހުން ނެރެ ހުސްކުރުމަށް އަނިޔާވެރި އިސްރާއީލުން އަންގަފާއިވާ ކަމަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރައްވައެވެ.

އެ ވުޒާރާއިން ވިދާޅުވީ، އެ ހޮސްޕިޓަލުގައި 400 ވުރެ ގިނަ ބަލިމީހުން އެނދުމަތި ކުރެވިފައިވާއިރު، ހިމާޔަތް ހޯދުމަށް ވަދެފައިވާ މީހުން ހިމެނޭ ގޮތުން ޞިއްޙީ ފަރުވާދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު ޖުމްލަ 12،000 އަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުގައި ތިބިކަމަށެވެ.

ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލުގެ ތެރެއިން 15 ހޮސްޕިޓަލުގެ ޚިދުމަތް މުޅިން ކެނޑިފައިވާ ކަން ފާހަގަކުރައްވަމުން، ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލްތަކަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ފައުޖުތަކުން ހަމަލާ ދެމުންދާ ކަމަށްވެސް ފަލަސްޠީނުގެ ސަރުކާރުން ހާމަކުރައްވައެވެ.

މިމަހުގެ 17 ވަނަ ދުވަހު އަލްއަހްލީ ހޮސްޕިޓަލަށް ދީފައިވާ ލާއިންސާނީ އުދުވާނަކީ ތާރީޚުގައިވެސް ދީފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި އުދުވާނުކަން ކަމުގައިވެސް ފަލަސްޠީނުގެ ސަރުކާރުން ހާމަކުރައްވައެވެ.

ފަލަސްޠީނުގެ ސަރުކާރުން މިކަން ހާމަކުރައްވާފައިވާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން، އެމެރިކާގެ އެހީތެރިކަމާ އެކު، ޢައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 8،000 އިން މައްޗަށް އަރާއިރު، އޭގެ ތެރޭގައި 3,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު