ޔަމަނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފި

ޔަމަންގެ ހޫތީން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް، އިސްރާއީލަށް ވައިގެ މަގުން ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ހޫތީން އިސްރާއީލަށް ފޮނުވާލާފައި ވަނީ ބައިލެސްޓިކް މިސައިލާއި ކްރޫޒް މިސައިލް އާއި ޑްރޯންތަކެއް ކަމަށާއި، މިއީ އިސްރާއީލަށް ފޮނުވާލި ތިން ވަނަ މިފަދަ ހަމަލާ ކަމަށާއި އިތުރު ހަމަލާތައް ކުރިއަށް އޮތް ތަނުގައި ވެސް ފޮނުވާލާނެ ކަމަށް ހޫތީން ބުނެފައިވެއެވެ. އިސްރާއީލް ސިފައިން ޣައްޒާގައި އުދުވާންތައް ކުރިއަށް ގެންދާ ހިނދު، އިސްރާއީލަށް ހަމަލާ ދިނުމުގައި ދެމިތިބޭނެ ކަމަށް ހޫތީން ބުނެފައިވެއެވެ.

ޓެރަރިސްޓް އިސްރާއީލުން ވަނީ ރަތް ކަނޑު ސަރަހައްދުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ރޮކެޓް ހަމަލާތަކެއް ނައްތާލާފައިވާ ކަމަށް ބުނެފައެވެ. އަދި އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި، ޑްރޯންތަކަށް ހަމަލާދީ، އެ ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

ހޫތީން ޑްރޯނުންނާއި ބައިލެސްޓިކް މިސައިލާއި ކްރޫޒް މިސައިލުން ހަމަލާ ދިނީ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައިކަން ފާހަގަކުރަމުން،  އެކަން ކުރީ އަރަބި ލީޑަރުން ނިކަމެތިވެފައިވާ މިންވަރުގެ ސަބަބުންނާއި އަރަބި ބައެއް ޤައުމުތަކުން އިސްރާއީލާ އެކު އޮތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ޔަހްޔާ ބުންޏެވެ.

"އެކަން ކުރީ ޔަމަން ރައްޔިތުންގެ ޑިމާންޑާ އެއްގޮތަށް، އިންސާނިއްޔަތަށްޓަކައި، އަޚްލާޤިއްޔަތަށްޓަކައި،" ތަރުޖަމާނު ބުންޏެވެ.

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. މި މަހު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 8,525 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި، 3،000އަށް ވުރެ ގިނަ ކުޑަކުދިންނާއި  2،000 އަށް ވުރެ ގިނަ އަންހެނުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ