ބަލިމީހާއަށް ގޮވާލަން ދިއުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެކަމެއް ކަމަށާއި، އުޚުއްވަތްތެރިކަން އާލާވާނެ، އޭނާގެ ވޭންތަކާއި ކެކުޅުންތަކަށް ލުއިލިބޭނެކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
'ބަލިމީހުންނަށް ޒިޔާރަތްކުރުން' މި މަޢުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި އިވިގެންދިޔަ މިއަދުގެ ހުތުބާގައި ވަނީ އެއް މުސްލިމަކު އަނެއް މުސްލިަމަކަށް އަދާކޮށްދެންޖެހޭ ޙައްޤުތަކެއްވާކަން ހަނދާންކޮށްދީފައެވެ.
ޚުތުބާގައި ވިދާޅުވީ، ޞިއްހަތާއި ހުސްވަގުތަކީ ގިނަ ބަޔަކު ފަރުވާ ކުޑަކުރާ ދެ ނިޢުމަތްކަމަށެވެ.
ބަލިމަޑުކަމަކީ މާތްﷲ ކުރިމަތިކުރައްވާ އިމްތިހާނެއްކަން ބުނެދީ ހުތުބާގައިވަނީ އެކަމަށް ކެތްތެރިވާ މީހުންނަށް ހުރި މަތިވެރި ސަވަބާއި ދަރުމަ ކިޔައިދެއްވާފައެވެ.
މިއަދުގެ ޚުޡުބާގައި ވިދާޅުވެފައިވަނީ ބަލި މީހުންނަށް ގޮވާލަން ދިއުމަކީ އެކަމުގެ ގިނަގުނަ ފައިދާތަކެއް ހިމެނޭ ކަމެއް ކަމުގައެވެ. އަދި އެކަމުން އިސްލާމީ އުޚުތްވަތްތެރިކަމުގެ ރޫޙު އާލާވެ، އެކަމުގެ ސަބަބުން ބަލިމީހާގެ ވޭންތަކާއި ކެކުޅުންތަކަށް ލުއިކަމެއް ލިބި، ބަލީގެ ސަބަބުން ލިބިފައިވާ ނިކަމެތިކަން ކުޑަވެގެންދާނެ ކަމަށްވެސް މިއަދު ޚުޡުބާގައި ވިދާޅުވެފައިވެއެވެ.
" ބަލިމީހާއަށް ގޮވާލަން ދިއުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭނެކަމެއް. އުހުއްވަތްތެރިކަން އާލާވާނެކަމެއް. އޭނާގެ ވޭންތަކާއި ކެކުޅުންތަކަށް ލުއިލިބޭނެކަމެއް. އަހަރެމެންގެ ސަލަފުއްސާލިހުން އެބޭކަލުންގެ ތެރެއިން ބޭކަލަކު ފެނިވަޑައިނުގެންފިނަމަ އެބޭކަލަކަށް ވީ ކީއްތޯ އައްސަވައި އުޅުއްވި. ޒިޔާރަތްކުރައްވައި ހާލުބަލައި އުޅުއްވި. ރަށުން ބޭރަށް ވަޑައިގެންފިނަމަ ހެޔޮ ދުއާ ކުރެއްވި".
ޚުތުބާގައި ވިދާޅުވިއެވެ.
" ބަލި މީހަކަށް ގޮވާލަން ހަވީރު މީހަކު ދިޔަނަމަ އެމީހަކަށް ފާފަ ފުއްސެވުމަށްއެދި 70 ހާސް މަލާއިކަތް ބޭކަލުން ހެނދުނުވަންދެން ދުއާ ކުރައްވާނެއެވެ. އަދި ބަލި މީހަކަށް ގޮވާލަން ހެނދުނު މީހަކު ދިޔަނަމަ އެމީހަކަށް ފާފަ ފުއްސެވުމަށްއެދި 70 ހާސް މަލާއިކަތް ބޭކަލުން ހަވީރު ވަންދެން ދުއާ ކުރައްވާނެއެވެ". އެމީހަކު ހުންނާނީ ސުވާރުގޭގެ ބަގީޗާތަކުގައެވެ".
ޚުތުބާގައި ވިދާޅުވިއެވެ.
އިންސާނާއާއި ކުރިމަތިކުރައްވާ ބޮޑެތި އިމްތިޚާންތަކާއި، މުސީބާތްތަކުގެ ތެރޭގައި ބަލިވުން ހިމެނެއެވެ. މާތް ރަސްކަލާންގެ އަށް އަދާކުރަންޖެހޭ ވާޖިބުތަކާއި، ތިމާ އަދާކުރަންޖެހޭ ޙައްގުތައް އަދާކުރެވޭނީ ސިއްޙަތާއި ދުޅަހެޔޮކަން ލިބިގެންނެވެ. އެހެންކަމުން ސިއްޙަތާއި ދުޅަހެޔޮ ކަމަކީ މާތް ރަސްކަލާންގެ ދެއްވާ އަގުބޮޑު ނިއުމަތެކެވެ.
މިއަދު ޚުޡުބާގައި ވިދާޅުވެފައިވެއެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވެފައިވަނީ ބަލިމަޑުކަމަކީ މާތް ރަސްކަލާންގެ ކުރިމަތި ކުރައްވާ އިމްތިޙާނެއް ކަމަށާއި، އެއީ އަޖުމަބެލުމެއް ކަމުގައެވެ. އަދި އެކަމަށް ކެތްތެރިވާ މީހާއަށް މަތިވެރި ސަވާބާއި ދަރުމަ ލިބިގެންވާކަމަށްވެސް މިއަދުގެ ޚުޡުބާގައި ބަޔާން ކުރައްވާފައިވެއެވެ.
ޚުތުބާ ނިންމާލީ މީހާ ބަލިވުމުން އޭނާ ދުޅަހެޔޮކަމުގައި ހުރިއިރު އާދަކޮށް ކުރަމުންދިޔަ އަޅުކަންތަކުގެ ސަވާބު އޭނާއަށް ލިޔުއްވައިދެއްވާނެކަމަށް ބުނަމުންނެވެ.