29 އެޕްރީލް 2025
ރައީސް މުޢިއްޒުއާއި އިންޑިޔާގެ ބޮޑު ވަޒީރު މޯދީ، ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު، މޯދީއާ ބައްދަލު ކުރެއްވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގެ ހަވާސާގައެވެ. ރައީސް މުއިއްޒު ވަނީ ކޮޕް28 ގެ ހަވާސާގައި ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ.

ރައީސް އޮފީހުން ވިދާޅުވ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

އިންޑިޔާގެ ބޮޑި ވަޒީރު މޯދީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއެކުގައި ބޭއްވުނީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ. ރާއްޖެއާއި އިންޑިއާ ގުޅޭ ގޮތުން އެކި ދާއިރާތަކުން މަޝްވަރާ ކުރެވުނު އިރު، މުސްތަގްލަބްގައި މި ގުޅުމުން ދެ ގައުމުގެ ރައްިތުންނަށް ފައިދާވެނެ ކަންކަން ކުރުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން އެކްސްގައި ހިއްސާ ކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީއެވެ.

އަރިންދަމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މޯދީ، އެމަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެކި ދާއިރާތަކާ ގުޅިގެން ގުޅުން ބަދަހި ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާރިޖީ ގުޅުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ މީހުން ބިނާ ކުރުމުގެ މަސައްކަތާއި ތަރައްގީގެ މަޝްރޫއުތަކާއި އިގްތިސާދީ ގުޅުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރު ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން ވެސް ރައީސް މުއިއްޒާއި މޯދީ ބައްދަލު ކުރެއްވި ކަމަށާއި، އަދި ދެ ގައުމު ގުޅިގެން ކޯ ގްރޫޕެއް އުފައްދަން ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ. އިންތިހާބީ ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، ސަރުކާރުން ވަރަށް ފަހުން ބުނި ގޮތުގައި ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިބިއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ދިނުމަށް އެދި ދިވެހި ސަރުކާރުން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި މިހާރު ވަނީ އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު