Saturday, 15 June 2024

ކޮޕް28: ފަތުރިވެރިކަމާ ގުޅޭގޮތުން އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރާއެކު މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޕް28 ކޮންފަރެންސްގެ ހަވާސާގައި، އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރުގެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލައްވާފައިވަނީ، ތަރައްޤީވަމުންދާ ކުދި ޖަޒީރާ ޤައުމުތަކުން އިސްކަންދޭ ދާއިރާތައް ކަމަށްވާ ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ބޮޑުވަޒީރު ގެސްޓޮން ބްރައުން ވަނީ، 2024 ވަނަ އަހަރުގެ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ ކޮންފަރެންސް އޮފް ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގައި ބައިވެރިވެވަޑައިގަތުމަށް ރައިސުލްޖުމްހޫރިއްޔާއަށް ދަޢުވަތު ދެއްވާފައެވެ.

ދެ ބޭފުޅުން މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެޤައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާބިއުޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 2002 ވަނަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު