Saturday, 15 June 2024

ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދިފާއީ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ދިފާއީ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން ދެ ޤައުމުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރިއަށްގެންގޮސްފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން، ރާއްޖޭގެ ދިފާއީ ވަޒީރު ޣައްޒާން މައުމޫންގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ދިފާއީ ވުޒަރާއިން ވިދާޅުވީ، މި ޒިޔާރަތުގައ ދިފާއީ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

Image

މީގެކުރިން އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހޫގޯ ޔޫހޯ ޔޮން ރައީސް މުޢިއްޒުއާ ބައްދަލުކުރައްވާ ވިދާޅުވީ، ދިވެހިރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގައި އެމެރިކާއިން އަލަށް ގާއިމުކުރި އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ދައުރުގައި، އެމެރިކާއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުންމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާ ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އެމެރިކާއިން

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު