ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާނެކަން އަބްދުއްރަހީމް (އަދުރޭ) އިއުލާނުކުރައްވައިފިއެވެ.
މިކަން އިއުލާނުކުރެއްވީ އެކްސްގައި އަބްދުއްރަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާކަމަށާއި ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު އެދިލައްވާކަމަށެވެ.
އޭނާ ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާއިރު މީގެ ކުރިން ދެ ދައުރެއްގައި އެ ދާއިރާގެ މެންބަރުކަން އޭނާ ކުރައްވާފައިވެއެވެ.
ޕީޕީއެމް ޕީއެންސީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ، އޭނަ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެެވެ.