އަވައްޓެރި އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާ އިން ރާއްޖޭގެ ސަފީރު ހާޒިރުކޮށްފައިވަނިކޮށް އިންޑިއާގެ ސަފީރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވަނީ މެންދުރު 12:00 އަށެވެ.
އިންޑިޔާ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުވާން އަންގާފައިވާއިރު އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް މިއަދު ހެނދުނު ވަނީ ހާޒިރުކޮށްފައެވެ.


