22 އެޕްރީލް 2025

ރާއްޖޭގެ ބިޔަ މަޝްރޫޢުތަކަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީއަށް ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ބިޔަ މަޝްރޫޢުތަކަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވާލައިފިއެވެ.

ރައީސް މުއިއްޒު މިއަދު އިފުތިތާޙް ކޮށްދެއްވި ފޯރަމްގައި ހުޅުވައިލި މަޝްރޫޢުތަކުގެ ތެރޭގައި، މާލޭ ކޮމާޝަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާއި ރަސްމާލެ ތަރައްގީ ކުރުމާއި އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓާއި ގދ. ތިނަދޫ-ކާޑެއްދޫ ލިންކް ޕްރޮކްޓާއި އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް ޕްރޮޖެކްޓާއި އިޔާދަ ކުރަނިވި ހަކަތަ އަދި ކުނި މެނޭޖު ކުރުމުގެ މަޝްރޫޢު ހިމެއެވެ. ހަމައެހެންމެ، ވެލާނާ އިންޓަނޭޝަނަލް އެއްޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއު އާއި އިތުރު 15 އެއާޕޯޓް ހެދުމާއި އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

މި ފޯރަމްގައި ވަނީ ކޮންމެ މަޝްްރޫޢެއްގެ ޕްރެޒެންޓޭޝަނެއް ދެއްވައި، ކަމާ ގުޅުން ހުރި ހަތަރު ވަޒީރަކު މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މައިގަނޑު އެ ޕްރޮކްޓްތަކުގެ އިތުރުން މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތަކަށް ވެސް ހުށަހެޅޭނެ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހުށަހަޅާ ބިޒްނަސް މޮޑެލްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

ފޯރަމް ފައްޓަވައިދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު