ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާގެ ހެކަރުންގެ ނެޓްވޯކަކުން ހެކް ކޮށްފިއެވެ.
އެ ވެބްސައިޓު ހެކްކޮށް، ހެކް ކުރި ގްރޫޕުން ބުނެފައިވަނީ އެމީހުންނަކީ “ބާރަތިޔާ ހެކަރުން” ކަމަށާއި އެ ވެބްސައިޓް ހެކް ކޮށްފައިވަނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިންޑިއާ އަށް ބަދު ބަސް ބުނެ ފުރައްސާރަކޮށް ދެއްކެވިފައިވާ ވާހަކައިގެ ސަބަބުން ކަމަށެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، ހަސަން ޒިހާންގެ ނަން އެ ސައިޓުގައި ފާހަގަކޮށްފައެވެ.
އިންޑިއާގެ ބޮޑުު ވަޒީރަށް މަލާމާތް ކޮށްފައިވާ ކަމަށާއި އެ ވާހަކަތަކަކީ ހަމައެކަނި ލަދުވެތި ވާހަކަތެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށް ހެކަރުން ބުނެފައިވެއެެވެ.
އެ ވެބްސައިޓުގައި ލިޔެފައިވަނީ އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޝިއުނާ ފަދަ ބޭފުޅުން ތިބުމުން ދައްކުވައިދެނީ ރާއްޖެ އޮތް ނިކަމެތި ހާލު ކަމަށެވެ.
ވެބްސައިޓް ހެކް ކުރުމަކީ އިންޒާރެއް ކަމަށާއި ކުރިއަށް އޮތްތާ އެފަދަ ވާހަކަތައް ދައްކާނަމަ އެކަން ބަލައި ނުގަންނާނެ ކަމަށް ވެބްސައިޓުގައިވެއެވެ.
ރާއްޖޭގެ ސައިބަ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންވާ ކަމަށް ވަނީ ބުނެފައެވެ. އަދި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަންކަމަށް ހިތްވަރު ދިނުން ހުއްޓާލުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
ކުރިމިނަލް މައިންޑް ގެ ކްރިމިނަލް މީހުން ތިބޭތަނެއް ތި އިންޑިޔާ ތީ، ތީ ފާޅުގަ ރާއްޖެ ހިފަން އަރަން ގޮވި ބައިގަނޑެއްނު، އެވަރު ބައެއް ނެތިގެން ހައެއްކް ކެނާއިން އުޅޭނެ.