ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެން.އެސް.އެމް.ސީ) އަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، އެން.އެސް.އެމް.ސީ އަށް ޒިޔާރަތްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެތަނުގެ ފަރާތުން ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްޞަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެސެންޓަރުގެ އިސްވެރިން ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު